އެމްޓީސީސީ، އާރުޓީއެލް ބަސް ޑްރައިވަރުންނާއި ޑްރައިވަރުންގެ އެހީތެރިންނަށް މައުލޫމާތުދިނުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.
މި ޕްރޮގްރާމަކީ ޕަބްލިކް ޓްރާންސްޕޯޓުގެ ގޮތުގައި ބަސްދަތުރުގެ ހިދުމަތް ފޯރުކޮށްދިނުމުގައި ރައްކާތެރިކަން ގާއިމުކުރުމުގެ ގޮތުންނާއި، ހިދުމަތް ދިނުމުގައި ދިމާވާ ނުރައްކާތެރި ހާދިސާތައް މަދުކުރުމާއި، ޑްރައިވަރުންގެ މަސައްކަތުގެ މާހައުލުގައި ރައްކާތެރި ވެއްޓެއް ގާއިމުކުރުމަށް ރޯޑް ޕޮލިހާއި އެމްޓީސީސީ ގުޅިގެން ސިލްސިލާކޮށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމުގައި ފުލުހުން ބުނެއެވެ.
މޯލްޑިވްސް ޕޮލިސް ސާވިސްގެ ރޯޑް ޕޮލިސް އިން ބުނީ، މިއަދުން ފެށިގެން އަންނަމަހުގެ 5 އަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި، އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކުގެ މައުލޫމާތުދޭނެ ކަމަށެވެ. މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި އުޅަނދު ދުއްވުމުގައި ތިމާ އާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ދޭނެ ކަމުގައިވެސް އެ މުއައްސަސާއިން ބުންޏެވެ.
އޭގެ އިތުރުން، ބަސް ދަތުރުގެ ގަވާއިދުތަކާއި، ދަތުރަށް ތައްޔާރު ވުމުގެ ގޮތުން ކުރަންވީ ކަންކަމުގެ މައުލޫމާތުގެ އިތުރުން އެކްސިޑެންޓެއް ދިމާވާ ހާލަތުގައި އަމަލުކުރާނެ ގޮތުގެ މައުލޫމާތު ހިއްސާކުރާނެ ކަމުގައިވެސް ޕޮލިސްއިން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު