މާލެއާ ކައިރި ކަނޑުމަތިން އިންސާނެއްގެ ހަށިގަނޑެއް ފެނިއްޖެއެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އެ ހަށިގަނޑު ފެނުނީ ދޫނިދޫ އާއި ފުނަދޫ (ތެޔޮ ފުނަދޫ) އާ ދޭތެރޭ ކަނޑުމަތިން ކަމަށެވެ. އަދި އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށް ބުންޏެވެ.

އެކަމާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން އަދި ހިއްސާއެއް ނުކުރެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުން އެއީ ފިރިހެނެއްގެ ހަށިގަނޑެވެ. އަދި އޭނާ އޮތީ ބަރަހަނާ ހާލުގައެވެ.