ފަލަސްތީނަށް އެހީވުމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ހުޅުވި ފަންޑަށް މިހާތަނަށް 12 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެފިއެވެ.
ފަލަސްތީނަށް އެހީވުމަށް އައިއޭސީ އާއި މީޑިއާތައް ގުޅިގެން އިއްޔެ ހެނދުނު 10:30 އިން ރޭގަނޑު 00:00 ހާއްސަ ޓެލެތޯނެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެ ޓެލެތޯންގެ ތެރެއިންވެސް ފަންޑަށް ގިނަ ބަޔަކު ވަނީ ފައިސާ ޖަމާކޮށްފައެވެ.
އައިއޭސީން ބުނީ، އިއްޔެގެ ނިޔަލަށް ފަލަސްތީނަށް އެހީވުމަށް 12.5 މިލިއަން ރުފިޔާ އާއި 8300 އަށްވުރެ ގިނަ ޑޮލަރު ލިބިފައިވާ ކަމަށެވެ. އެއީ ހަމައެކަނި އޮންލައިން ޓްރާންސެކްޝަންތަކުން އެކައުންޓަށް ޖަމާވި ރުފިޔާ ކަމަށާއި ފަންޑު ފޮށިތަކުން ލިބުނު ފައިސާ ގުނައި، އެއްކުރުމަށްފަހު ޖުމުލަ އަދަދު ހާމަކުރާނެ ކަމަށްވެސް އެ ޖަމިއްޔާއިން ބުންޏެވެ.
ފަލަސްތީނަށް އެހީވުމަށް ޖަމިއްޔާ ޖަމާތްތަކާއި ކުންފުނިތަކާއި އާންމުން ގެންދަނީ އެކި ކަހަލަ ހަރަކާތްތައް ހިންގަމުންނެވެ. އެގޮތުން ފަންޑު ފޮށި ބަހައްޓައިގެންނާއި ސައިިކަލު ދޮވެގެންނާއި ކާއެއްޗެހި ވިއްކައިގެންވެސް ފަންޑަށް ދަނީ ފައިސާ ހޯދަމުންނެވެ.
އައިއޭސީގެ ފަންޑު ބަންދުކުރާނެ ވަކި ދުވަހެއް އަދި ނުނިންމައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު