އިޒްރޭލުން، ގާޒާގެ ހޮސްޕިޓަލަކަށް ބޮން އަޅައި ފަލަސްތީނުގެ 500 މީހުން ޝަހީދުކޮށްލައިފިއެވެ.
ބޮމުގެ ހަމަލާ ދީފައިވަނީ އަލް އާހިލް އަރަބް ހޮސްޕިޓަލަށް ކަމަށެވެ. އެ ހޮސްޕިޓަލަކީ އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން ޒަހަމްވި މީހުންނަށް ފަރުވާ ދެމުންދާ ހޮސްޕިޓަލެކެވެ. އަދި ހަމަލާތަކުން ސަލާމަތްވުމަށް ބައެއް މީހުންދާ ހިޔާ ވެއްސެކެވެ.
ގާޒާގެ ހެލްތު މިނިސްޓްރީން ބުނީ ބޮމުގެ ހަމަލާގެ ސަބަބުން ހޮސްޕިޓަލުގައި ތިބި މީހުންގެ ތެރެއިން 500 މީހުން މަރުވެފައިވާ ކަމަށެވެ. ހެލްތު މިނިސްޓްރީން އެ ހަމަލާ ސިފަ ކޮށްފައިވަނީ ހަނގުރާމަވެރި ކުށެއްގެ ގޮތުގައެވެ.
އެ ހަމަލާގައި އެންމެ ޝަހީދުވި ގިނަ މީހުންނަކީ ފަރުވާ ހޯދުމަށް އައި މީހުންނެވެ. ގިނައިން ޝަހީދުވީ އަންހެނުންނާއި ކުޑަކުދިން ކަމަށް ހެލްތި މިނިސްޓްރީން ބުންޏެވެ. މިނިސްޓްރީން ވަނީ ޝަހީދުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބުނެފައެވެ.
މިމަހުގެ ހަތްވަނަ ދުވަހު ފެށުނު ހަނގުރާމައިގެ ތެރެއިން އިޒްރޭލުން ގެންދަނީ ގާޒާގެ ހޮސްޕިޓަލްތަކަށާއި އާންމުން ދިރިއުޅޭ ސަަރަހައްދުތަކަށް ވައިގެ ހަމަލާ ދެމުންނެވެ. އެ ހަމަލާތަކުގެ ސަބަބުން ގާޒާއިން މިހާތަނަށް ވަނީ 3،000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައެވެ. ހަމަލާސް ހަމަލާތަކުގެ ސަބަބުން އިޒްރޭލުން ވަނީ 1،400 އަށްވުރެ ގިނަ މީހުން މަރުވެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ