ހުރިހާ އެންމެންނަށް ފުރިހަމައަށް ދީން ނޭންގިދާނެ ކަމަށާއި އެކަމަށް ނިސްބަތްކޮށް އެ މީހަކަށް ބަދު ބަސް ބުނެގެން ނުވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ ރާއްޖޭގެ ރައްޔިތުން ތިބީ އިސްލާމްދީނުގެ ހިދާޔަތުގެ ދަށުގައި ކަމަށެވެ. އެގޮތުގައި މަތިން ސާބިތުވެ ތިބެ އިސްލާމްދީން އެއް ޖީލުން އަނެއް ޖީލަށް ގެންގޮސްދޭން ޖެހޭ ކަމަށް އިމްރާން ވިދާޅުވިއެވެ.
"ހުރިހާ އެންމެންނަކީ ދީން އެއްވަރަށް އެނގޭ ބައެއް ކަމަށް ވެދާނެ ކަމަށް އެއީ މުޖުތަމައުތަކުން ފެންނާނެ ކަމެއް ނޫން. އެކަމާ ހުރެ އަނެކާގެ މައްޗަށް ބަރު ބަސް، ބަދު ބަސް ބުނެ، ނިކަމެތިކޮށް އިހާނެތި ކުރުމަކީ އެކަކު ވެސް ކޮށްގެންވާނެ ކަމެއް ނޫން. މި ކަހަލަ ދުވަހެއްގައި އަޅުގަނޑުމެން މި ޒިކުރާ އާ ކުރަން ޖެހޭ" އިމްރާން ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ އިސްލާމްދީނާ އެއްގޮތަށް އުޅެ އެ ދީނަށް އަހުލުވެރިކުމަށްޓަކައި ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން ޖެހޭނެ ކަމަށް އިމްރާން ވިދާޅުވިއެވެ.
އެގޮތުން ދީނީ އިލްމު ފެތުރުމަކީ އިސްލާމްދީނަށް އަހުލުވެރިކުރުމަށްޓަކައި ކުރެވިދާނެ މުހިންމު މަސައްކަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު