އިޒްރޭލުން ހަމާސްއާ ދެކޮޅަށް ހަނގުރާމަ އިއުލާންކުރުމަށް ފަހު ދެމުންދާ ހަމަލާ ތަކުގައި ފަލަސްތީނުގެ އެކި ހިސާބުތަކުން މަރުވި މީހުންގެ ޖުމްލަ އަދަދު 2،600 އަށްވުރެ މައްޗަށް އަރައިފިއެވެ.
ބޭރުގެ މީޑިއަތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ހަނގުރާމައިގެ މިހާތަނަށް ފަލަސްތީނުގެ އެކި ހިސާބުތަކުން 2،670 މީހުން ވަނީ މަރުވެފައެވެ. އޭގެ ތެރެއިން ބޮޑު އަދަދަކީ ގާޒާއިން މަރުވި މީހުންނެވެ. އަދި އެ އަދަދުގެ 4 ބައިކުޅަ އެއްބަޔަކީ ކުޑަ ކުދިން ކަމަށް ރިޕޯޓުތައް ބުނެއެވެ.
އިޒްރޭލުން ގާޒާއަށް ހުއްޓުމެއް ނެތި ހަމަލާ ދެމުން ދާއިރު މިލިއަނެއްހާ މީހުން ގެދޮރު ނެތި، މަގުމަތިވެފައިވާ ކަމަށް އދ. އާ ހަވާލާދީ ރިޕޯޓުކޮށްފައި ވެއެވެ. އަދި އިޒްރޭލުން ބަންދުކޮށްފައިވާ ގަޒާއަށް ކުރިމަތިވެފައި ވަނީ ބޮޑު ކާރިސާއެއް ކަމަށް ބުންޏެވެ.
ހަމާސްގެ ހަމަލާތަކުގައި އިޒްރޭލުން 1،400 އަށްވުރެ ގިނަ މީހުން މަރުވެފައި ވާއިރު، އޭގެ ތެރޭގައި 286 ސިފައިން ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި އިޒްރޭލުގެ އޮފިޝަލަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުން ހަމާސްއިން ވަނީ އެ ގައުމުގެ 155 މީހުން ގާޒާގައި ރަހީނުކޮށްފައެވެ.
ފަލަސްތީނުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހަމާސްގެ ހަމަލާތަކުން ފަލަސްތީނު ތަމްސީލު ނުކުރާ ކަމަށް ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ވަނީ ވިދާޅުވެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ