ލައިބްރަރީން ނެގި ފޮތް 90 އަހަރު ފަހުން ހަވާލު ކުރުމުން ޖޫރިމަނާކޮށްފިއެވެ.
އެމެރިކާގެ ނިއުޔޯކްގެ ލައިބްރަރީ އަކުން 1933 ވަނަ އަހަރު ދޫކޮށްފައިވާ އެ ފޮތް ހަވާލުކުރުމަށް އެ ފޮތް ގެންދިޔަ ފަރާތުގެ އާއިލާ މީހަކު ވަނީ ލައިބްރަރީއަށް ގުޅާފައެވެ.
އެ މައުލޫމާތު ލިބުމާއެކު ލައިބްރަރީން އެ ފޮތުގެ މައުލޫމާތު ހޯދައި ފޮތް އަނބުރާ ހަވާލު ކުރުމަށް އެންގި އެވެ. އަދި ޖޫރިމަނާއެއް ކުރާނެ ކަމަށްވެސް ލައިބްރަރީން ބުނެފައިވެއެވެ.
90 އަހަރަށްފަހު އެ ފޮތް ލައިބްރަރީއަށް ހަވާލު ކުރުމުން ވަނީ ފަސް ޑޮލަރުގެ ޖޫރިމަނާއެއް ކޮށްފައެވެ.
ނިއުޔޯކްގެ އެ ލައިބްރަރީއާ ހަވާލާދީ އެ ސިޓީގެ ނޫހަކުން ވަނީ އެއީ މިހާތަނަށް އެންމެ ގިނަ ދުވަސް ފަހުން އެ ލައިބްރަރީއަށް އަނބުރާ ހަވާލު ކުރި ފޮތް ކަމަށް ބުނެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ