އުތުރަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ހއ. ދިއްދޫއާއި ހދ. ފިނޭއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެއްޖެއެވެ.
އެމްއެންޑީއެފުން މިއަދު ކުރި ޓުވީޓެއްގައި ބުނީ އެ ދެ ރަށުގައި ބޮޑުވި ފެންގަނޑު ހިއްކުމުގެ މަސައްކަތް ފަމްޕު ބޭނުންކޮށްގެން ކުރަމުންދާ ކަމަށެވެ. ފެން ހިންދުމުގެ މަސައްކަތް ކުރަމުން ދަނީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ހދ.ކުޅުދުއްފުށީ ޕޯސްޓްގެ ސިފައިން ކަމަށްވެސް ބުންޏެވެ.
މޫސުމާބެހޭ ގައުމީ އިދާރާ މެޓް އޮފީހުން މިއަދު ބުނީ އުތުރުގެ ބައެއް ރަށްތަކަށް މިހާރުވެސް ވާރޭ ވެހެމުންދާ ކަމަށެވެ. އަދި ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް ލަފާކޮށް މިރޭ އަށެއް ޖެހުމާ ހަމައަށް ހއ. އަތޮޅުން ފެށިގެން ބ. އަތޮޅާ ހަމައަށް ވައިޓް އެލާޓް ވަނީ ނެރެފައެވެ.
އެ އެލާޓުގައި ލަފާކޮށްފައިވާ ގޮތުން ހއ. އަތޮޅުން ފެށިގެން ބ. އަތޮޅުގެ ރަށްތަކަށް ވިލާގަނޑުގެ 30 މޭލަށް ވައި ގަދަވާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު