އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ނަންފުޅުގައި ދައުރު ކުރަމުންދާ އެސްއެމްއެސްތަކަކީ ހަގީގަތާ ހިލާފު ފޭކު އެސްއެމްއެސްތަކެއް ކަމަށް ޕީޕީއެމް/ޕީއެންސީން ބުނެފިއެވެ.
ޕީޕީއެމް/ޕީއެންސީ އިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޑރ. މުއިއްޒުގެ ނަންފުޅުގައި އެ މަނިކުފާނުގެ މޯބައިލް ނަންބަރުން ދައުރު ކުރަމުންދާ ހަގީގަތާ ހިލާފު ފޭކު އެސްއެމްއެސްތަކެއް ކަމަށާއި އެފަދަ މެސެޖެއް ލިބުނު ނަމަވެސް އެއަށް އަމަލު ނުކުރުމަށް ނަސޭހަތްތެރިވާ ކަމަށެވެ.
"ނާތަހުޒީބު ފިނޑި އެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ،" ބަޔާނުގައިވެއެވެ.
ޕީޕީއެމް/ޕީއެންސީން ވަނީ، ދައުރުކުރަމުންދާ ފޭކި އެސްއެމްއެސްތަކުގެ މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ބަލައި އެކަން ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ފުލުހުންނަށް ގޮވާލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު