މޯލްޑިވްސް ދިރާގު ރޯޑްރޭސް 2023ގެ ޕާޓްނަރަކަށް އާބަންކޯ ހަމަޖައްސައިފިއެވެ.

ދިރާގުން ބުނީ މިއަހަރު ބާއްވާ ދިރާގު ރޯޑްރޭސްގެ ހޯސްޓިން ޕާޓްނަރަކީ އާބަންކޯ ކަމަށެވެ. މިއީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ދިރާގު ރޯޑްރޭސްގެ ހޯސްޓިން ޕާޓުނަރުކަން ހަމަޖެހުމުން އާބަންކޯއިން ބުނީ މި ހަރަކާތަކީ ދުޅަހެޔޮކަމާއި އެއްބަވައިންތަކަމާއި ގުޅުން ހަރުދަނާ ކޮށްދޭނެ ހަރަކާތެއް ކަމަށާއި އި ހަރަކާތުގައި ބައިވެރިއަކަށްވުމީ ލިބޭ އުފަލެއް ކަމަށެވެ.

ދިރާގު ރޯޑު ރޭހުގެ ވެލްނެސް ޕާޓްނަރުންނަށް ހަމަޖައްސާފައިވަނީ، ސާއިދު ސްޕޯސްޓް އާއި އެލީޓް ރަނާސްގެ އިތުރުން ކޭވައި ސްޕޯޓްސްއެވެ. ވެލްނަސް ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ދަ ވެލްނަސް ކްލަބެވެ.

ދިރާގު ރޯޑްރޭސް ބާއްވަން ހަމަޖައްސާފައިވަނީ މިމަހުގެ 27 ވަނަ ދުވަހު ހުޅުމާލޭގައެވެ. ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރިން ފަށަން ހަމަޖައްސާފައިވާ އެ ދުވުމުގައި 4،000 ދުވުންތެރިން ބައިވެރިވާ އިރު، އެ ދުވުމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ މީހުން އެއްތަނަކަށް ޖަމާކޮށް، ރާއްޖޭގައި ބާއްވާ ފުރަތަމަ އަދި ހަމައެކަނި ބައިނަލްއަގުވާމީ ދުވުމެވެ.

ދިރާގު ރޯޑްރޭހަކީ ވޯލްޑް އެތުލެޓިކްސް ސެޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް)ގެ ވޯލްޑް ރަނިން ކަލަންޑަރުގައިވެސް ލިސްޓުކޮށްފައިވާ ދުވުމެކެވެ.

ދިރާގު ރޯޑްރޭހާ ގުޅޭ މައުލޫމާތު އެ ކުންފުނީގެ ވެބްސައިޓް www.dmrr.mv އިން ލިބޭނެއެވެ