އެސްޓީއޯ އައިފާން ބިލްޑިން (މިހާރުގެ އެފްއެސްއެމް ބިލްޑިން) އިން ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑް ކުއްޔަށް ނަޔާފައިވާ ބްލޮކް ހުސްކޮށް އެސްޓީއޯއާ ތަން ހަވާލު ކުރުމަށް ސިވިލްކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައަކީ ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑް އާއި އެސްޓީއޯ އާ ދެމެދު 14 ނޮވެމްބަރު 2017 ވަނަ ދުވަހު ވެފައިވާ އެއްބަސް ވުމުގެ ދަށުން އެ ބިލްޑިންގުން ކުއްޔަށް ދީފައިވާ ތަން ކުއްޔަށް ދިން މުއްދަތު 14 ނޮވެމްބަރު 2022 ވަނަ ދުވަހުގެ ނިޔަލަށް ހަމަވެފައިވާ އިރުވެސް އެތަން ހުށްކޮށް ހަވާލު ކޮށްފައި ނުވާތީ، އެސްޓީއޯއިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.
މި މައްސަލައިގައި އެސްޓީއޯއިން އެދިފައިވަނީ، އެ ބިލްޑިންއިން ސްޓްރާޑާ އަށް ކުއްޔަށް ދީފައިވާ ބްލޮކް ގައި ގާއިމްވެ ތިބުމުގެ އެއްވެސް ހައިސިއްޔަތެއް ދައުވާލިބޭ ފަރާތަށް ނެތް ކަމަށް ކަނޑައަޅައި، އެ ބްލޮކްގައި ގާއިމްވެ ތިބި ސްޓްރާޑާ އާއި އެފަރާތުގެ ތަކެތި އެތަނުން ނެރެ ތަންހުސްކޮށް، އެސްޓީއޯއާ ހަވާލު ކުރުމަށް އަމުރުކޮށްދިނުމަށެވެ.
ނަމަވެސް ދައުވާކުރާ ފޯމުގައި، ސްތްރާޑާގެ އެޑްރެސްކަމަށް ހިމަނާފައިވާ އެޑްރެހުގައި ނެތުމުން ދައުވާއާބެހޭ ލިއުންތައް ރައްދު ނުކުރެވުމުންނާއި އެ ފަރާތަށް ގުޅޭނެ އިތުރު ގޮތެއް ނެތުމުން އެ މައްސަލައިގެ ހުކުމް އިއްވާފައި ވަނީ، ސްޓްރާޑާ ޕްރައިވެޓް ލިމޓެޑްގެ ޣައިރު ހާޒިރުގައެވެ.
އެގޮތުން ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ، ދެފަރާތުން ވެފައިވާ އެއްބަސް ވުމުގެ މުއްދަތު ހަމަވެފައިވާތީ، އެ ބްލޮކްގައި ގާއިމްވެ ތިބުމުގެ އެއްވެސް ހައިސިއްޔަތެއް ސްޓްރާޑާއަށް ނެތްކަމަށް ކަނޑަ އަޅައި އެސްޓީއޯ އައިފާން ބިލްޑިންގެ ބްލޮކްގައި ހިމެނޭ ސްޓްރާޑާ އާއި އެ ފަރާތުގެ މުވައްޒިފުންނާއި އެންމެހާ ތަކެއްޗާއި މުދާ 15 ދުވަހުގެ ތެރޭގައި ނެރެ ތަން ހުސްކޮށް އެސްޓީއޯއާ ހަވާލު ކުރުމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު