ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިއްތަވައި، ވާހަކަ ދައްކަވަން ފައްޓަވާއިރު "އިއްޒަތްތެރި ރައީސް" ވިދާޅުވެ މަޖިލީހުގެ ރިޔާސަތަށް މުހާތަބު ކުރެއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތަކުރާރުކޮށް އެންގެވުމުންވެސް، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް މަޖިލިސް ރައީސްގެ އެންގެވުމަށް ކިޔަމަނެއްނުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ، ޖޭއެސްސީއަށް ބަދަލު ގެމައުމަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސްގައި ރޮޒެއިނާ ބިލްގެ ވާހަދައްކަން ފެއްޓެވީ، މޭޒާދިމާލަށް ބައްލަހައްޓަވަން ހުންނަވައިގެންނެވެ. އެކަމާ ގުޅިގެން ރޮޒެއިނާގެ ވާހަކަ މެދުކަނޑުއްވާލެއްވުމަށްފަހު، މަޖިލީހުގެ ރައީސް ވިދާޅުވީ ކިތަންމެ ކޯފާ އިސްކުރެއްވިޔަސް ރުޅިދުރުވިޔަސް އެޑްރެސް ކުރައްވަން ޖެހިވަޑައިގަންނަވާނީ މަޖިލީހުގެ ރިޔާސަތަށް ކަމަށެވެ.
ދެންވެސް ރޮޒެއިނާ ވާހަކަ ފެއްޓެރީ ބިލާ ބެހޭގޮތުންނެވެ. އެކަމާ ގުޅިގެން ދެވަނަ ފަހަރަށް ރޮޒެއިނާގެ ވާހަކަ މެދުކަނޑުއްވާލައްވައި، މަޖިލިސް ރައީސް ވިދާޅުވީ، ރޮޒެއިނާއަށް ފުރުސަތު ދެވެން ނެތް ކަމަށެވެ. އަދި "އިއްޒަތްރި މެންބަރު ޖެހޭނީ މަޖިލިސް ގަވާއިދަށް ހުރުމަތްތެރިކޮށް ހިތަން، މެންބަރު އެޑްރެސް ކުރައްވަން ޖެހޭނީ މަޖިލިސް ގަވާއިދު ބުނާގޮތުން މަޖިލީހުގެ ރައީސަަށް އެހެންވީމާ ފައްޓަވަން ޖެހޭނީ އިއްޒަތްތެރި ރައީސް ކިއުއްވައިފަ،" ކަމަށްވެސް ވިދާޅުވިއެވެ.
އެކަމާ ގުޅިގެން ރޮޒެއިނާ ވިދާޅުވީ، އޭނާ އެޑްރެސް ކުރެއްވީ މަޖިލީހުގެ ރައީސަށް ކަމަށެވެ.
"އެޑްރެސް މި ކުރަނީ މަޖިލީހުގެ ރައީސަށް، އަޅުގަނޑުގެ މޭޒުމަތީގަ އިން ލެޕްޓޮޕްގައިން ތާރީހެއް ބަލާލަންވެގެން އެއާ ދިމާލަށް ބަލަހައްޓައިގެން މިހިރީ، މަނިކުފާނު ތިތާ އިންނަވަންޏާ ދެން މަނިކުފާނަށް ނޫން ކާކަށްތޯ އަޅުގަނޑަށް އެޑްރެސް ކުރެވޭނީ،" ރޮޒެއިނާ ވިދާޅުވިއެވެ.
އޭގެ ފަހުންވެސް ރޮޒެއިނާ ވާހަކަ ދައްކަވައި ނިންމަވައިލެއްވީ ވެސް، މަޖިލިސް ރައީސްގެ އެންގެވުމަށް ކިޔަމަންނުވެ، މަޖިލިސް ރައީސަށް އިއްޒަތްތެރި ރައީސް ވިދާޅުނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު