ލޮރީއެއްގައި އިނގިރޭސިވިލާތަށް އެތެރެވާން އުޅުނު ހަ އަންހެނަކު ހައްޔަރުކޮށްފިއެވެ.
ލޮރީގައި ތިބި މީހުންނާ ހަވާލާދީ ބީބީސީން ބުނެފައިވާ ގޮތުގައި، އެމީހުން އެލޮރީއަށް އަރާފައިވަނީ އިނގިރޭސިވިލާތަށް ދިއުމަށް ނަމަވެސް އެމީހުންގެ ދަތުރުގެ މެދުތެރެއިން މަންޒިލް ނުބައިކަން އެނގުމުން އެލޮރީ ހުއްޓުވީއެވެ.
އަޔަލެންޑަށް ރަޖިސްޓަރީ ކޮށްފައިވާ އެ ލޮރީ ދުއްވަމުންދިޔަ މިސްރާބު އިނގިރޭސިވިލާތުގެ ބަދަލުގައި އެހެން ދިމާލަކަށް ގޮސްފައިވަނީ އޭގައި ހުރި ދޮންކެޔޮ ޝިޕްމަންޓެއް އިޓަލީއަށް ގެންދިއުމަށެވެ.
ލޮރީ ދުއްވަން އިން މީހާއަށް ބަޔަކު ހަޅޭލަވާ އަޑު އިވުމުން ލޮރީ ހުއްޓުވައި ފުލުހުންނަށް އެކަން ރިޕޯޓުކޮށްފައި ވެއެވެ. އެވަގުތު ލޮރީ ދުއްވަމުންދިޔައީ ފްރާންސް ސަރަހައްދުގައި ކަމުން އެ ގައުމުގެ ސިފައިން ވަނީ އެ ހަ އަންހެނުން ހައްޔަރުކޮށްފައެވެ.
ފްރާންސު ފުލުހުން ވަނީ އެ މީހުންގެ ތެރެއިން ދެ މީހަކަށް އެ ގައުމުން ހިމާޔަތް ދިނުމަށް އެގައުމުގެ ކަމާބެހޭ އިދާރާއިން ހުއްދަ ލިބިފައިވާކަމަށް ބުނެފައެވެ. އަދި އަނެއް ހަތަރު މީހުން ޑީޕޯޓު ކުރުމާމެދު އަދި ވަކިގޮތެއް ނުނިންމައެވެ.