އައްޑޫ ސިޓީގައި އުމުރުން ދުވަސްވީ މީހަކު ރަހީނުކުރުމަށް ފަހު އޭނާ ދިރިއުޅޭ ގެއިން ފޭރިއްޖެއެވެ.

ފުލުހުން މިއަދު ބުނީ އައްޑޫ ސިޓީ، މަރަދޫގައި އުމުރުން ދުވަސްވީ މީހަކު ދިރިއުޅޭ ގެއަކަށް މީހަކު ވަދެ އޭނާ ބަނުމަށްފަހު ފޭރިފައިވާ މައްސަލައެއް މިއަދު ހެނދުނު 6:12 ގައި ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން 50 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލާގައި އަނިޔާ ލިބުނު މިހާ، ޓީޝާޓެއް ބޭނުން ކޮށްގެން ބަނދެފައިވަނިކޮށް ސަލާމަތްވާން މަސައްކަތް ކުރުމުގެ ތެރޭގައި، އެމީހާގެ ހުންނަ ހަމުގެ ބައްޔެއްގެ ސަބަބުން، އަތުގެ މުލައްދަނޑިއަށް ބޮޑެތި އަނިޔާތަކެއް ވެފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނި ގޮތުގައި އަނިޔާވެފައިވަނީ 81 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.