ޔުއެފާ ޔޫރޮޕާ ލީގުގައި އިންގްލެންޑުގެ ވެސްޓްހޭމް ޔުނައިޓެޑާއި ސްކޮޓްލެންޑްގެ ރޭންޖާޒް ރޭ މޮޅުވެއްޖެއެވެ.
ވެސްޓްހޭމް މޮޅުވީ އަމިއްލަ ދަނޑުގައި ސާބިޔާގެ ޓީއެސްސީ ޓޮޕޯލާއާ ވާދަކޮށް ތިނެއް އެކަކުންނެވެ. މިއީ ގްރޫޕް އޭގެ މެޗެކެވެ. މި ގްރޫޕްގެ އަނެއް މެޗުގައި ޖާމަނީގެ ފްރެއިބޯގާއި ގްރީސްގެ އޮލިމްޕިއާކޯސް ބަައްދަލުކޮށް ރަށުން ބޭރުގައި ތިނެއް ދޭކުން މޮޅުވީ ފްރެއިބޯގެވެ.
ސްކޮޓްލެންޑްގެ ރޭންޖާރޒް މޮޅުވީ ގްރޫޕް ސީގައި ސްޕޭނުގެ ރެއާލް ބެޓިސްއާ ވާދަކޮށް އަމިއްލަ ދަނޑުގައި އެކެއް ސުމަކުންނެވެ. މި ގްރޫޕްގެ އަނެއް މެޗުގައި ޗެކް ރިޕަބްލިކްގެ ސްޕާޓާ ޕްރާގާއި ސައިޕްރަސްގެ އޭރިސް ލިމަސޯލް ބައްދަލުކޮށް އަމިއްލަ ދަނޑުގައި ތިނެއް ދޭކުން މޮޅުވީ ސްޕާޓާ ޕްރާގެވެ.
ޔޫރޮޕާ ލީގުގެ ގްރޫޕް ފިޔަވަހީގެ މެޗުތައް ދެން ކުޅޭނީ ކުރިއަށްއޮތް އޮކްޓޫބަރު މަހުގެ ފަހެއްވާ ބުރާސްފަތި ދުވަހުއެވެ. އާއްމުގޮތެއްގައި ޔޫރޮޕާ ލީގުގެ މެޗުތައް އޮންނަނީ ބުރާސްފަތީގައެވެ. ޔޫރޮޕާ ލީގަކީ ޗެމްޕިއަންސް ލީގު ނަގާފައި ދެން ޔޫރަޕުގެ ކުލަބުތަކުގެ މެދުގައި ކުޅޭ އެންމެ ބޮޑު މުބާރާތެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު