ޚަބަރު

"ގެޓް ޗާޖްޑް އެންޑް ވިން" ޕްރޮމޯޝަންގެ ހަތަރު ގުރުއަތުލުމެއް ބާއްވައި ނަސީބުވެރިން ހޮވައިފި

ކޮކާކޯލާ ކުންފުނިން ފެށި "ގެޓް ޗާޖްޑް އެންޑް ވިން" ޕްރޮމޯޝަނުން މިހާތަނަށް ހަތަރު ގުރުއަތުލުމެއް ބާއްވައި ނަސީބުވެރިން އިއުލާނުކޮށްފިއެވެ.

މިދިޔަ ޖޫން މަހުގެ 23 ވަނަ ދުވަހު ފެށި އެ ޕްރޮމޯޝަނަށް ބޮޑު ކާމިޔާބީއެއް ލިބިފައިވާ އިރު، އެތައް ނަސީބުވެރިންނެއް ވަނީ ބެނެލީ މޮޓޯސައިކަލް، ހެލްމެޓް، އަދި ޗާޖްޑް ދަޅު ކޭސް ފަދަ ބޭނުންތެރި އިނާމުތަކެއް ހޯދައިފައެވެ.

މި ޕްރޮމޯޝަންގައި ޗާޖްޑް ބުއިމުގައި ހިމެނޭ ކާޑުކޮޅުގައި ހިމެނޭ ކޯޑު ކަހާލުމުން ފެންނަ ކޯޑް 2626 އަށް ފޮނުވުމުން ބައިވެރިވެވޭނެއެވެ.

މި ޕްރޮމޯޝަންގެ ދަށުން މިހާތަނަށް ހަތަރު ގުރުއަތުލުން ބާއްވާފައިވާ އިރު، ކޮންމެ ގުރުއަތެއް ޓީވީއެމުން ރޭގަނޑު 9:30 ގައި ލައިވްކޮށް ދައްކާފައިވެއެވެ. އެގޮތުން ބެނެލީ މޮޓޯސައިކަލް ހޯދީ މުހައްމަދު އާދަމް، އެމްޑީ މުޝައްރަފް، މުހައްމަދު ރަސެލް ހުސައިން އަދި އަހުމަދު ޒާހިރެވެ. ހެލްމެޓާއި ޗާޖްޑް ކޭސްތައް ލިބުނު ނަސީބުވެރިން ވަނީ އެ ފަރާތްތަކަށް ލިބުނު އިނާމާ މެދު އުފާކޮށް، އެހެން މީހުން ވެސް މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ހިތްވަރުދީފައެވެ.

"ގެޓް ޗާޖްޑް އެންޑް ވިން" ޕްރޮމޯޝަންގެ އިތުރު ދެ ނަސީބުވެރިން ހޮވުން މި މަހުގެ 24 ވަނަ ދުވަހު އަދި އަންނަ މަހުގެ 20 ގައި އޮންނާނެއެވެ.

ޗާޖްޑް އަދި މި ބްރޭންޑުގެ ޕްރޮމޯޝަންގެ އިތުރު މައުލޫމާތާއި އެންމެ ފަހުގެ ކަންކަން ހޯދުމަށް ފޭސްބުކް، އިންސްޓަގްރާމް އަދި ޔޫޓިއުބްގައި @ChargedMaldives އިން ލިބޭނެއެވެ.