މީގެ 65 އަހަރު ކުރިން ވައްޓާލި ނިއުކްލިއާ ބޮމެއް ހޯދަންފަށައިފިއެވެ.
1958 ވަނަ އަހަރު ޖިއޯޖިއާގެ ވައިގެ ސަރަހައްދުގައި ދަތުރުކުރަމުން ދިޔަ ދެ ފައިޓާ ޖެޓް މުޑި އަރައި ހިނގި ހާދިސާއެއްގައި އެތަނުން އެއް ފައިޓާ ޖެޓުގައި އުފުލަމުންދިޔަ ނިއުކްލިއާ ބޮން ވަނީ ވައްޓާލާފައެވެ.
އޮފިޝަލުން ވަނީ އެބޮން ވައްޓާލާފައި ވަނީ ޓޭބީ އައިލެންޑުގެ އަތިރިމައްޗާ ދިމާލަށް ކަމަށް ބުނެފައެވެ. އެބޮން ބިންމަތީގައި ޖެހުނުކަމަށްވެސް އޮފިޝަލުން ބުނެއެވެ.
އެމެރިކާ ސަރުކާރުން ވަނީ ނުރައްކާތެރި ނިއުކްލިއާ ބޮން ނުގޮވައި އެރަށުގެ އަތިރިމަތީ ސަރަހައްދެއްގައި 13 ފޫޓާއި 55 ފޫޓާ ދެމެދު އަޑީގައި ފޮރުވިފައިވާކަމަށް ބެލެވޭކަމަށް ބުނެފައެވެ.
ބައެއް ތަޖުރިބާކާރުން ވަނީ އެންމެ ރައްކާތެރި ގޮތަކީ އެބޮން ދޫކޮށްލުން ކަމަށް ބުނެފައެވެ. އެއީ ބޮން ހޯދުމުގެ ތެރޭގައި ދިމާވާ ކަމަކުން ބޮން ގޮވައި ބޮޑެތި ގެއްލުން ތަކެއް ލިބުމުގެ ފުރުސަތު އޮތުމުން ކަމަށް އެފަރާތްތަކުން ބުނެއެވެ.