ލ. ކަލައިދޫ އާއި ދަނބިދޫ ކޯޒްވޭއަކުން ގުޅައިލުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި މަސައްކަތަށް ބޭނުންވާ ސާމާނު ސައިޓަށް ގެންގޮސްފިއެވެ.
އެ މަޝްރޫއު ކުރިއަށްގެންދާ އެމްޓީސީސީން ބުނީ، ކަލައިދޫ އާއި ދަނބިދޫ ކޯޒްވޭ ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި މިިދިޔަ އާދިއްތަ ދުވަހު ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކޮށްފައިވާ ކަމަށެވެ.
އެ މަޝްރޫއުގެ ދަށުން 42,624 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި، 271 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 752 މީޓަރުގެ ސްކައުރިން އޭޕްރަން ހެދުމާއި، 315 މީޓަރުގެ ބްރިޖެއް ހެދުމާއި، 714 މީޓަރުގެ ރީޓެއިނިން ފާރެއް ހެދުމާއި، 7,266 އަކަ މީޓަރުގެ ދުއްވާ ސަރަހައްދު ގާއިމުކުރުމާއި، މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީީސީން ބުނެއެވެ.
ކަލައިދޫ އާއި އިސްދޫ އަދި ދަނބިދޫއަކީ ވެސް ބިމުގެ ޖާގައިގެ ގޮތުން ތަނަވަސް ތިން ރަށަށްވާ އިރު، އިސްދޫ އަދި ކަލައިދޫ އަކީ އެއް ފަސްގަނޑެއްގައި އޮންނަ ދެ ރަށެވެ. އަދި ދަނބިދޫ އަކީ ވަކިން އޮންނަ ރަށަކަށްވީ އިރު، ދަނބިދޫ އާއި ކަލައިދޫ ކޯޒްވޭއަކުން ގުޅާލުމުގެ މަޝްރޫއު ނިމުމުން އެ ތިން ރަށް އެކީގައި ގުޅިގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ އެ ކޯޒްވޭ މަޝްރޫއުގެ އަގަކީ 144.38 މިލިއަން ރުފިޔާއެވެ.
ޚަބަރު
ޚަބަރު
ޚަބަރު