ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައިވެސް މަސައްކަތް ކުރެއްވި ގާނޫނީ ވަކީލު އާދަމް އާސިފް (އާސިއްޕެ) ޕީޕީއެމުން ވަކިވެ އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ.
އާސިފް ވަނީ އެމްޑީީޕީއަށް މިއަދު ސޮއިކުރައްވައި، މެމްބާޝިޕް ފޯމު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލްގެ އަތްޕުޅަށް އަރުވައިފައެވެ.
އެމްޑީޕީއަށް ސޮއިކުރުމާ ހަމައަށް އާސިފަކީ ޕީޕީއެމްގެ އިސްތިއުނާފީ ކޮމިޓީގެ މެންބަރެކެވެ. އާސިފް ވަނީ ވޮޑުމުލާ މައްސަަލައިގައި ރައީސް ޔާމީނުގެ މައްޗަށް ހިންގި ޝަރީއަތުގައި އެ މަނިކުފާނުގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފައެވެ.
އާސިފްގެ އިތުރުން ޕީޕީއެމްގެ މަގުމަތީ ހަރކާތްތަކުގެ އިސް އެކްޓިވިސްޓު، ގާނޫނީ ވަކީލު މުހައްމަދު ހަމްޒާ ވެސް މިއަދު ވަނީ އެމްޑީޕީއާ ގުޅިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު