ހއ. ތުރާކުނުގައި މިސްކިތެއް ބިނާ ކުރުމަށް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އެކަމުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ. މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީއެވެ.
މި މަޝްރޫއުގެ ދަށުން ބިނާ ކުރުމަށް ހަމަޖެހިފައިވަނީ 300 މީހުންގެ މިސްކިތެކެވެ. އަދި މިސްކިތުގައި ވުޟޫ ކުރެވޭ ދެ ސަރަހައްދެއް ހަދައި، މިސްކިތުގެ ގޯތި ތެރެ ޕޭވްކޮށް ވަށާފާރު ލުމަށް ހަމަޖެހިފައިވެއެވެ.
ޖުމުލަ 11.21 މިލިއަން ރުފިޔާގެ މި މަސައްކަތް ނިންމަން ދީފައިވަނީ 365 ދުވަހެވެ.
ޚަބަރު
ޚަބަރު
ޚަބަރު