މޯލްޑިވްސް ކޮންޓްރްކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ އިޖުތިމާއީ ޒިންމާގެ ދަށުން ރާއްޖޭގެ ޓްރޭނިން އިންސްޓިޓިއުޓް ތަކަށް އިންޖީނު ހަދިޔާކޮށްފިއެވެ.
އެމްޓީސީސީ ކަށަވަރު ޝޯރޫމުގައި އިއްޔެ ބޭއްވި ހަފުލާއެއްގައި ޔަންމާ “60U4Y “ގެ 11 އިންޖީނު ޓްރޭނިން އިންސްޓިޓިއުޓްތަކުގެ ވެރިންނާ ހަވާލުކޮށްދެއްވީ އެމްޓީސީސީ ސީއީއޯ އާދަމް އާޒިމެވެ. ޔަންމާ ކުންފުންޏާ ގުޅިގެން ހަދިޔާކުރި މި އިންޖީނުތަކުގެ ޖުމުލަ އަގަކީ ހަތަރު މިލިއަން ރުފިޔާ ކަމަށް އެމްޓީސީސީން ބުނެއެވެ.
މި އިންޖީނުތައް ހަދިޔާ ކުރި އިންސްޓިޓިއުޓްތަކަކީ ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އިންޖިނިއަރިން، މޯލްޑިވްސް ޕޮލިޓެކްނިކ،ް ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރު (ޓިވެކް)، ވިލާ ކޮލެޖ،ް މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖ،ީ އައިލެންޑް އިންސްޓިޓިއުޓް އޮފް ޓާޝަރީ އެޑިއުކޭޝަން އަދި އެމްއެންޑީއެފަށެވެ.
އެމްޓީސީސީން ބުނީ، ޓްރެއިނިން އިންސްޓިޓިއުޓްތަކަށް އިންޖީނުތައް ހަދިޔާ ކުރުމުގެ މަގުސަދަކީ ރާއްޖޭގައި މެރިން ދާއިރާއިން ޒުވާން މެކޭނިކުން ތަމްރީނުކޮށް އެ ދާއިރާ ފުޅާކުރުމާއި ހާއްސަކޮށް ޔަންމާ އިންޖީނު މަރާމާތުކޮށް ދިމާވާ މައްސަލަތައް ދެނެގަނެ އަހުލުވެރިވެފައިވާ ގިނަ ޒުވާނުންތަކެއް ރާއްޖޭގެ އެކިކަންކޮޅުތަކުން ތަމްރީނުކުރުން ކަމަށެވެ.
ރާއްޖޭގެ އޮޑިތަކުގަ ކުރިން ގެންގުޅުނު ރިޔާތައް ތިރިކޮށ،ް އިންޖީނު އަޅަންފެށީ 1973 ވަނަ އަހަރުއެވެ. އޭރު ސަރުކާރުން ހިންގަމުންދިޔަ "މޯލްޑިވްސް އިންޖީނު ސާވިސް ސެންޓަރު" އެމްޓީސީސީގެ ދަށަށް ގެނެސް "އެމްޓީސީސީ ސޭލްސް ސެންޓަރު"ގެ ނަމުގައި ހިންގަން ފެށިއެވެ. އަދި އޭރުގެ ސަރުކާރުގެ ބެލެމުގެ ދަށުން ކުރިއަށްގެންދިޔަ އޮޑިދޯނިފަހަރުގެ އިންޖީނު އެޅުމުގެ ހުރިހާ
ކަމެއް އެމްޓީސީސީގެ ދަށަށް ބަދަލުކުރެވުނެވެ.
ޚަބަރު
ޚަބަރު
ޚަބަރު