ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން މިނިވަންކުރުމަށް ގޮވާލައްވައި ކުރީގެ ރައީސް މުހައްމަދު ނަޝީދު، ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމާއެކު މިރޭ އަޑު އުފުއްލަވައިފިއެވެ.
ޔާމީން މިނިވަންކުރުމަށް ގޮވާލައްވައި ނަޝީދު ވަނީ މީގެ ކުރިންވެސް އަޑުއުފުއްލަވައިފައެވެ. ޔާމީން މިނިވަންކުރަން ގޮވާލައްވައި ނަޝީދު ފާތުންއާއެކު މިރޭ އަޑު އުފުއްލަވާފައި މިވަނީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިން ހަރަކާތްތަކުގައި ރަސްމީކޮށް ބައިވެރިވެވަޑައިގަތުމަށް ފަހު އަނބުރާ ގެއަށް ވަޑައިގެންނެވި މަގުމަތިން ޑިމޮކްރެޓްސް ޕާޓީގެ ހަރުގެ ކުރިމަތިންނެވެ.
އެމްޑީޕީ ހަރުގެ ކައިރިން ނަޝީދާއި ފާތުން ބައްދަލުވެ، ސަލާމްކުރެއްވުމަށް ފަހު، ފާތުންއާ އެކު ތިބި ސަޕޯޓަރުން ޔާމީން މިނިވަންކުރަން ގޮވަން ފެށުމުން، އެ މީހުންނާ ބައިވެރިވެވަޑައިގެން ޔާމީން މިނިވަންކުރަން ނަޝީދު ގޮވާލައްވާފައިވެއެވެ. ނަޝީދު، ޔާމީން މިނިވަން ކުރުމަށް ގޮވާލެއްވީ އެއް އަތް މައްޗަށް ނަންގަވަމުންނެވެ.
ސިޔާސީ ކަންކަމުން އެއް ފަރާތެއްގައި ހުންނެވުމަށް ފަހު، ފާތުން މިރޭ ވަނީ ކާނިވާ ސަރަހައްދުގައި ހުރި ޕީޕީއެމްގެ އޮފީހަށް ވަޑައިގެން، މުއިއްޒަށް ތާއީދު ކުރައްވާކަން ހާމަކުރައްވައި ގިނަ ބަޔަކާ ބައްދަލުކުރައްވައިފައެވެ.
މުއިއްޒުގެ ކެމްޕެއިނަށް ރަސްމީކޮށް ނުކުންނަވައި ގިނަ އަދަދެއްގެ ސަޕޯޓަރުންނާ ބައްދަލުވުމުން ފާތުންނަށް ވަނީ ކީރިތި ކުރެއްވިފައެވެ. އެއީ، އެ ކަމަނާގެ ފިރިކަލުން ރައީސް ޔާމީން ޖަލުގައި ހޭދަކުރައްވަމުން ގެންދަވާ ހިތްދަތި ދުވަސްތައް ތަހައްމަލު ކުރެއްވުމާއި ކެމްޕެއިންގައި ރައީސް ޔާމީން ނެތްކަމުގެ ފަޅުކަން އިހްސާސްކުރެވުމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު