މެންޗެސްޓާ ޔުނައިޓެޑްގެ ކެމަރޫން ގޯލްކީޕަރު އަންދްރޭ އޮނާނާއަށް އަލުން ގައުމީ ޓީމުން ފުރުސަތު ދީފިއެވެ.
ކޯޗު ރިގޮބާޓް ސޯންގް އޮނާނާ ސްކޮޑުގައި ހިމެނިފައި ވަނީ ކެމަރޫނަށް ކުރިއަށް އޮތް އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ކޮލިފިކޭޝަން މެޗުތަކަށެވެވެ. އޮނާނާ ކެމަރޫން ސްކޮޑަށް ނަގާފައި ވަނީ ނުވަ މަސް ދުވަސް ވަންދެން ސަސްޕެންޑް ކޮށްފައި ބެހެއްޓުމަށް ފަހުއެވެ.
އުމުރުން 27 އަހަރުގެ އޮނާނާ މިދިޔަ ވޯލްޑް ކަޕް ތެރޭގައި ސަސްޕެންޑް ކުރީ ކޯޗު ސޯންގާ ޖެހުނު މައްސަލައެއްގެ ސަބަބުންނެވެ. އެފަހަރު ސޯންގް ސަސްޕެންޑް ކުރީ ޑިސިޕްލިނަރީ މައްސަލަތަކެއްގެ ސަބަބުން ކަމަށް ކެމަރޫންގެ ކެމަރޫންގެ ފުޓުބޯޅަ އިދާރާއިން ބުނެފައިވެއެވެ. އެ ސަސްޕެންޝަނާ އެކު ދުވަސްކޮޅެއް ފަހުން އޮނާނާ ވަނީ ގައުމީ ޓީމުން ރިޓަޔާކުރި ކަމަށްވެސް އިއުލާނު ކޮށްފައެވެ.
އޮނާނާ ސްކޮޑަށް ނެގުމާ ގުޅިގެން ވާހަކަ ދައްކަމުން ކޮޗު ސޯންގް ބުނީ އޮނާނާއާ އެއްވެސް އިރެއްގައި ޒާތީ މައްސަލައެއް ނެތް ކަމަށާއި ގައުމީ ޓީމުގެ މައްސަލަ ހައްލުކުރުން އޮތީ އަޮނާނާ އަތް މަތީގައި ކަމަށެވެ. އަދި މިހާރު އޮނާނާ ސްކޮޑުގައި ހިމެނިފައިވަނީ ކަންކަން ރަނގަޅު ކުރުމުން ކަމަށް ބެލެވޭ ކަމަށްވެސް ސޯންގް ބުންޏެވެ.
ސަކޮޑުގައި ހިމެނި ނަމަވެސް އޮނާނާ ގައުމީ ޓީމަށް ނުކުންނާނެ ކަމާމެދު އަދި ޔަގީންކަމެއް ނެތެވެ.
އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ކޮލިފިކޭޝަން ގްރޫޕް ސީގައި ކެމަރޫން އޮތް އިރު، އެ ގްރޫޕްގެ އެއްވަނައިގައި އޮތީ ނަމްބިއާއެވެ. ދެވަނައިގައި ކެމަރޫން އޮތް އިރު، ބުރުންޑީއާ ދެކޮޅަށް އެޓީމުން ކުޅޭ މެޗުން ބަލިވެއްޖެނަމަ، ކޮލިފިކޭޝަން ފުރުސަތު ގެއްލޭނެއެވެ.
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު