ސަތޭކާ ސާޅީސް ނުވަ ރުފިޔާއަށް 100 ޖީބީ ޑޭޓާ ލިބޭ، ފަސް ދުވަހުގެ ޑޭޓާ ޕެކެއް ދިރާގުން ތައާރަފުކޮށްފިއެވެ.
ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށްގެން ތައާރަފު ކުރި އެ ޕެކަކީ ދިރާގުގެ 100 ޖީބީ ޑޭޓާ ޕެކުގައި ހިމެނޭ އޮފާއެކެވެ. އެގޮތުން މި ޕެކް އާއެކު ކަސްޓަމަރުންނަށް ފަސޭހަ ކަމާއެކު ގޭމް ކުޅެ، މިއުޒިކް ސްޓްރީމްކޮށް ފިލްމް ނުވަތަ ސީރީޒް ބަލާލެވޭނެއެވެ.
ދިރާގުން ވަނީ ކަސްޓަމަރުން ބޭނުންވާ ގޮތަށް ތަފާތު މުއްދަތުގެ 100 ޖީބީ ޑޭޓާ ޕެކްތަކެއް ލޯންޗުކޮށްފައައެވެ. އަދި ދިރާގު މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ކަސްޓަމަރުންނަށް އެ ޕެކްތައް އެކްޓިވޭޓް ކުރެވެން ހުންނާނެއެވެ.
- 100 ޖީބީ 3 ދުވަހުގެ މުއްދަތަށް 100 ރުފިޔާއަށް
- 100 ޖީބީ 7 ދުވަހުގެ މުއްދަތަށް 225 ރުފިޔާއަށް
- 100 ޖީބީ 15 ދުވަހުގެ މުއްދަތަށް 400 ރުފިޔާއަށް
- 100 ޖީބީ 21 ދުވަހުގެ މުއްދަތަށް 550 ރުފިޔާއަށް
- 100 ޖީބީ 30 ދުވަހުގެ މުއްދަތަށް 750 ރުފިޔާއަށް
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި