ބ. ތުޅާދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.
ހައުސިން މިނިސްޓްރީގެ ފަރާތުން ތުޅާދޫ ބިން ހިއްކުމުގެ މަސައްކަތް ކެޕިޓަލް މެރިން އެންޑް ކޮންސްޓްރަކްޝަން (ސީއެމްސީ) ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ މިދިޔަ ޖުލައި މަހުގެ 12 ވަނަ ދުވަހުއެވެ.
އެ ދުވަހު ތުޅާދޫގެ އިތުރުން ށ. ބިލެތްފަހި އަދި ތ. ވިލުފުށީގެ ބިން ހިއްކުމުގެ މަސައްކަތްވެސް ހަވާލުކުރިއެވެ. އެ ތިން ރަށުގައި ބިން ހިއްކަން ކެޕިޓަލް މެރިންއާ ހަވާލުކުރީ 42،450،783.48 ޑޮލަރު (654 މިލިއަން ރުފިޔާ) އަށެވެ.
ތުޅާދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން 44.70 ހެކްޓަރުގެ ބިން ހިއްކާނެއެވެ.
ތުޅާދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް މިއަދު ފެށި އިރު، މި ހަފުތާ ނިމުމުގެ ކުރިން އެ މަސައްކަތް ފެށޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ. ރައީސް އެހެން ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މި މަހުގެ ތެރޭގައި ތުޅާދުއަށް ކުރެއްވި ދަތުރުފުޅުގައި ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ތުޅާދޫގައި އެއާޕޯޓެއް އެޅުމަކީ މިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހު ވެވަޑައިގެންނެވި ވައުދުފުޅެކެވެ. ނަމަވެސް އެ މަސައްކަތް ފެށުން ލަސްވެ، ތުޅާދޫ ރައްޔިތުން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު