މާލޭ ވިޔަފާރި ބަނދަރުގެ މަސައްކަތްތަކަށް ފަސޭހަކޮށް، ގާބިލުކަން އިތުރުކުރަން ބަނދަރަށް އަންނަ ކޮންޓެއިނަރުތައް އެއްތަނުން އަނެއް ތަނަށް އުފުލައިގެން ގެންދަން ތިން ޓީ2އައި ޓާމިނަލް ޓްރެކްޓަރު ގެނެސްފިއެވެ.
ވިޔަފާރި ބަނދަރުގައި އިއްޔެ ބޭއްވި ރައްމިއްޔާތުގައި އެ ތިން އުޅަނދު ހިދުމަތަށް ނެރެދެއްވީ އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީއެވެ.
ދުނިޔޭގެ ފެންވަރުގެ ޕޯޓްތަކުގައިވެސް ބޭނުންކުރާ މި ޓްރެކްޓަރުތަކަކީ ކާގޯ ޓާމިނަލް އިކްއިޕްމަންޓް އުފައްދަން ދުނިޔޭގައި މަޝްހޫރު ނޯވޭގެ ކަލްމާ ގްލޯބަލް ކުންފުނިން އުދައްދާ އުޅަނދުތަކެކެވެ. މި އުޅަނދުތަކާ އެކު އެކަމަށް ހާއްސަ ތަމްރީންވެސް އެ ކުންފުނިން އެމްޕީއެލްގެ މުވައްޒަފުންނަށް ދީފައިވެއެވެ.
ޝާހިދު ވިދާޅުވީ އެމްޕީއެލްގެ ފްލީޓަށް ގެނައި އާ އުޅަނދުތަކާ އެކު ހިދުމަތް ރަނގަޅު ކުރަން އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތް ހާމަވުމުގެ އިތުރުން އެމްޕީއެލްގެ އޮޕަރޭޝަންތަކަށް ކަލްމާ އާއެކު އޮންނަ ގުޅުމުގެ ސަބަބުން އަންނަ ކުރިއެރުންވެސް ފާހަގަވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު