ޖަޕާނުގެ ''މޫން ސްނައިޕަރ'' ލޯންޗުކުރުން އަނެއްކާވެސް ލަސްކޮށްފިއެވެ.
ޖަޕާނުގެ ސްޕޭސް އެޖެންސީން ހޯމަ ދުވަހު ބުނީ އެ ގައުމުން ޖައްވަށް ފޮނުވާލަން ތައްޔާރުވި ''މޫން ސްނައިޕަރ'' ގެ ދަތުރު ފަސްކުރީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށެވެ.
މިއީ ޖަޕާނުގެ ދެކުނުން އޮންނަ ތަންގަޝިމާ އައިލެންޑުގައި ލޯންޗު ކުރަން ރާވާފައިވާ ''މޫން ސްނައިޕަރ'' މިޝަން ލަސް ކުރަން ޖެހުނު ތިން ވަނަ ފަހަރެވެ. މީގެ ކުރިން ދެފަހަރުވެސް ކެންސަލް ކުރަން ޖެހުނީ މޫސުން ގޯސްވެގެންނެވެ.
ލޯންޗު ކުރުން ކެންސަލް ކުރި ނަމަވެސް އަލުން ލޯންޗު ކުރާނެ ތާރީހެއް ޖަޕާނުގެ އެއިރޯސްޕޭސް އެކްސްޕްލޮރޭޝަން އެޖެންސީން ހާމަކޮށްފައެއް ނުވެއެވެ.
ޖަޕާނުން ފަށަން ތައްޔާރުވެފައިވާ ''މޫން ސްނައިޕަރ'' މިޝަންގައި އެންމެ ފަހުގެ ޓެކްނޮލޮޖީ އެކުލެވޭ ހަނދުގެ ދިރާސާކުރާ ރޯވާއެއްގެ އިތުރުން ޖައްވީ ސެޓަލައިޓެއް ވެސް ޖައްވަށް ފޮނުވަން ވަނީ ރާވައިފައެވެ.
ޖަޕާނުން ހަނދަށް ދިރާސާ ކުރާ ރޯވާއެއް ފޮނުވަން ތައްޔާރުވާއިރު އިންޑިއާއިން ވަނީ ހަނދުގެ ދެކުނު ތަނޑިއަށް އުޅަނދެއް ފޮނުވައި ދިރާސާގެ މަސައްކަތްތައް މިދިޔަ ހަފުތާގައި ފަށާފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ