ޑެންމާކްގައި ގުރުއާން އެންދުން ގާނޫނުނަކުން މަނާކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ޑެންމާކްގެ ޖަސްޓިސް މިނިސްޓަރު، ޕީޓަ ހުމެލްގާޑް ވަނީ ގުރުއާން އެންދުމަކީ މަނާކަމެއްކަމަށް ގާނޫނުގައި ލިޔުމަށް ހާއްސަ ބިލެއް އެ ގައުމުގެ މަޖިލީހަށް ފޮނުއްވައިފައެވެ.
މިނިސްޓަރު ޕީޓަ ވަނީ މި ބިލުގެ ސަބަބުން އެ ގައުމުގައި އޮންނަ ދީންތަކާއި އެ ދީންތަކުގައި އުޅޭ މީހުންނަށް ފުރައްސާރަ ކުރުމާއި ގެއްލުން ދިނުން މަނާކުރެވިގެން ދާނެކަމަށް ވިދާޅުވެފައެވެ. މިނިސްޓަރު ވަނީ ބިލުގެ މައިގަނޑު އެއް ބޭނުމަކީ ގައުމީ ސަލާމަތްތެރިކަން ވަރުގަދަކުރުން ކަމަށް ވެސް ބުނެފައެވެ.
ޑެންމާކްގެ ސަރުކާރުން އިސްނަގައިގެން ހުށަހަޅާ ބިލާ ދެކޮޅަށް އެ ގައުމުގެ އިދިކޮޅު ޕާޓީތަކުން ވަނީ ތެދުވެފައެވެ. އެ ޕާޓީތަކުން ވަނީ އެ ބިލުގެ ސަބަބުން އެގައުމުގައި އޮންނަ ބަސް ބުނުމުގެ މިނިވަން ކަމަށް ހުރަސް އެޅޭކަމަށް ބުނެފައެވެ.
ޑެންމާކްގައި ދާދިފަހުން ކީރިތި ގުރުއާން ގަސްތުގައި އަންދާލުމުގެ ސަބަބުން އެ ގައުމުގެ އެކި ކަންކޮޅުތަކުގައި ދީނީ ފަރާތްތަކާ ދެމެދު ގިނަ ހަމަނުޖެހުންތަކެއް ވަނީ ހިނގާފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ