ބެންކޮކް އެއާވެސްގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށަން ނިންމައިފިއެވެ.

ރާއްޖެއަށް ކުރަމުން އައި ބެންކޮކް އެއާވޭސްގެ ދަތުރުތައް ހުއްޓާލީ މި އަހަރުގެ މެއި މަހުގެ 21 ވަނަ ދުވަހުއެވެ. ދަތުރުތައް ހުއްޓާލުމުގެ ކުރިން ފަސިންޖަރުންނަށް އަދި ޓްރެވަލް އެޖެންޓުންނަށްވެސް އެކަން އަންގާފައެއް ނުވެއެވެ.

ބެންކޮކް އެއާވޭސްގެ ރަސްމީ ފޭސްބުކް ޕޭޖުގައި ބުނެފައިވާ ގޮތުން، އެ އެއާލައިންގެ ދަތުރުތައް ސުވަރްނަބޫމީ އިންޓަނޭޝަނަލް އެއާޕޯޓުން މާލޭގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދުގެ އަލުން ފަށަން ނިންމާފައިވަނީ އަންނަ ސެޕްޓެމްބަރު މަހުން ފެށިގެންނެވެ.

ރިޕޯޓްތައް ބުނާ ގޮތުން، ބެންކޮކް އެއާވޭސް އިން ހަފުތާއަކު ހަތަރު ފްލައިޓް ރާއްޖެއަށް ބާއްވާނެއެވެ. އެއީ ހޯމަ، ބުދަ، ހުކުރު އަދި އާދީއްތަ ދުވަހުއެވެ. އެ ދަތުރުތަކުގައި ބޭނުން ކުރާނީ އޭ320 މަރުކާގެ ބޯޓެކެވެ.