ތުއްތު ހަތް ކުއްޖަކު މަރާލި އިނގިރޭސި ނަރުސް އުމުރުދުވަހަށް ޖަލަށްލައިފިއެވެ.

ލޫސީ ނަމަކަށް ކިޔާ އެ ނަރުހަށް ހުކުމް ކޮށްފައިވަނީ އިނގިރޭސިވިލާތުގެ މެންޗެސްޓާ ކްރައުން ކޯޓުންނެވެ.

އުމުރުން 33 އަހަރުގެ ލޫސީ ވަނީ އެތައް ކުދީންނަކަށް އެކިވަރުގެ އަނިޔާ ދީފައި ކަމަށް އިނގިރޭސިވިލާތުގެ މެންޗެސްޓާ ކްރައުން ކޯޓުގައި ވަނީ ސާބިތުވެފައެވެ.

ކޯޓުން ނެރެފައިވާ ބަޔާނުގައިވާ ގޮތުން ލޫސީ ވަނީ އޭނާ މަސައްކަތް ކުރާ ހޮސްޕިޓަލުގައި 2015 އާއި 2016 ވަނަ އަހަރު ތެރޭ ތުއްތު 13 ކުއްޖަކަށް ހަމަލާދީފައެވެ.

އެ 13 ކުދީންގެ ތެރެއިން ހަތް ކުއްޖަކު މަރާލާފައިވަނީ އެކި ވަރުގެ އަނިޔާކޮށްގެންނެވެ. އެ ގޮތުން ލޫސީ ވަނީ އެއް ކުއްޖެއްގެ ލޭނާރަށާއި ބަނޑަށް ހުސް އިންޖެކްޝަނެއް ޖަހައިފައެވެ. މީގެ އިތުރުން އެހެން ކުއްޖަކަށް މާގިނައިން ކާންދީފައިވެއެވެ. މަރުވި ބައެއް ކުދީންނަށް ހަމަލާދިނުމުގެ އިތުރުން އިންސުލިންގެ މަތީ ޑޯޒެއް ދީގެންވެސް ކުއްޖަކު މަރާލާފައިވާ ކަމަށް ބަޔާނުގައިވެއެވެ.

ލޫސީ ވަނީ އެ ކުދިން މަރާލުމަށްފަހު އެއީ ގުދުރަތީ މަރެއް ކަމަށް ސިފަކޮށްދޭން އެ ހޮސްޕިޓަލުގައި މަސައްކަތްކުރާ އެހެން ނަރުހުންނަށް މައުލޫމާތުދީ އޮޅުވާލައިފައެވެ.