ކުޅިވަރުން އާދަޔާހިލާފު ހުނަރެއް ދައްކާފައިވާ މީހުންނަށް ހާއްސަ އެވޯޑަކާއެކު ޒުވާނުންގެ އެވޯޑް 16 ކެޓަގަރީއަކުން ދިނުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓުން ނިންމައިފިއެވެ.
އަންނަ އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހު ފާހަގަކުރާ ޒުވާނުންގެ ދުވަހު ދިނުމަށް ހަމަޖެހިފައިވާ ޒުވާނުންގެ އެވޯޑްތަކަކީ ތަފާތު ދާއިރާތަކުން ގައުމުގެ ތަރައްގީއަށް ޒުވާނުން ކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ދޭ އެވޯޑްތަކެކެވެ.
1. ވިޔަފާރިއާއި އިގްތިސޯދު
2. އާޓްސް އެންޑް ކަލްޗާ – ފަންނުވެރިކަމާއި ސަގާފަތް ދިރުވުން
3. މަސްތުވާ ތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރުން
4. ދަރުމަވެރިކަން
5. ވޮކޭޝަނަލް ޓްރެއިނިންގ – ދަސްކޮށްދިނުން
6. ނަފްސާނީގޮތުން ދުޅަހެޔޮ ސިއްހަތެއް ބިނާކުރުމަށް މަސައްކަތްކުރުން
7. ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތްކުރުން
8. މަސްވެރިކަމުގެ ދާއިރާ
9. ދަނޑުވެރިކަމުގެ ދާއިރަ
10. މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް މަސައްކަތްކުރުން
11. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުމަށް މަސައްކަތްކުރުން
12. ޒުވާނުންގެ ބާރުވެރިކަން އިތުރުކުރުމަށް މަސައްކަތްކުރުން
13. ހަށިހެޔޮ ދުޅަހެޔޮ ސިއްހަތެއް ބިނާކުރުމަށް މަސައްކަތްކުރުން
14. ދިވެހިބަސް ދިރުވުމަށް މަސައްކަތްކުރުން
15. ކުޅިވަަރުގެ ދާއިރާއިން – ކުޅިވަރުގެ ދާއިރާއިން އާދަޔާއި ހިލާފު ހުނަރެއްދައްކާފައިވާ ފަރާތަކަށް
16. ޝަހީދު ޖަވާދު ޢުމަރުގެ ހަނދާނީ ފިލާ
ޒުވާނުންގެ އެވޯޑަކީ ގައުމުގެ ތަރައްގީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް ޒުވާނުންނަކީ މުޖުތަމައުއަށް ފައިދާހުރި، އުފެއްދުންތެރި، ޒީންމާދާރު ބަޔަކަށް ހެދުމަށް ބާރުއެޅުން ކަމަށް މިނިސްޓްރީން ބުނެއެވެ. މިއިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. ނަން ހުށަހެޅުމަށް ޝަރުތު ހަމަވާ ފަރާތްތަކުން، 26 ސެޕްޓެމްބަރ 2023 ވަނަ ދުވަހުގެ 13:00 ކުރިން ގޫގުލް ލިންކް މެދުވެރިކޮށް https://forms.gle/imQPa2qsWT4b6fmb6 ނަން ހުށަހެޅުމަށް މިނިސްޓްރީން ވަނީ އެދިފައެވެ. ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރު 13:30 އަށް ސޯޝަލް ސެންޓަރ އިން އަދި އަތޮޅުތެރޭގައި އުޅުއްވާ ބޭފުޅުން މިނިސްޓްރީގެ އީމެއިލް [email protected] އެޕްލިކޭޝަން ހުޅަހެޅުމަށް މިނިސްޓްރީން އެދެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު