ލަންކާގެ ބައެއް ސަރަހައްދުތަކުގައި ބުއިމަށް ސަޕްލައި ފެން ބޭނުންކުރުން މަނާކޮށްފިއެވެ.
ސްރީލަންކާގެ ނެޝަނަލް ވޯޓާ ސަޕްލައި އެންޑް ޑްރެއިނޭޖް ބޯޑުން ވަނީ އެ ގައުމުގެ އަނޫރާދަޕުރާ އާއި ޕޮލޮންނަރުވާގެ އިތުރުން ކުރުނެގާލާ ސަރަހައްދު ތަކުގައި ބުއިމަށް ސަޕްލައި ފެން ބޭނުންނުރުކުރުމަށް އަންގާފައެވެ.
އޮފިޝަލުން ވަނީ އެސަރަހައްދުތަކުގައި ބުއިމަށް ސަޕްލައި ފެން ބޭނުންކުރަން މަނާކޮށްފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން ވާރޭ ނުވެހުމުގެ ސަބަބުން ފެން ލިބުމުގައި ދަތިތަކެއް ހުރުމުގެ ސަބަބުން ކަމަށް ބުނެފައެވެ.
ލަންކާގެ ފެނާބެހޭ އިދާރާއިން ވަނީ ވެރިރަށް ކޮލަމްބޯގައި ފެން ނުލިބުމުގެ ދަތިކަމެއް ކުރިޔަށް އޮތް ދެމަސްދުވަހަށް ނެތް ކަމަށް ބުނެފައެވެ. އެ ގައުމުގެ މޫސުމާބެހޭ އިދާރާއިން ވަނީ އަންނަ އޮކްޓޫބަރު މަހާ ހަމައަށް ލަންކާގެ ބައެއް ސަރަހައްދުތައް ފެނަށް ޖެހޭނެކަމަށް ބުނެފައެވެ.
ލަންކާގެ ފެނާބެހޭ ބޯޑުގެ އޮފިޝަލުން ވަނީ ފެނުގެ ދަތިކަން ހުރި ސަރަހައްދުތަކަށް ފެން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައިވާކަމަށް ބުނެފައެވެ. އެގޮތުން 300 ބައުޒަރުގައި އެސަރަހައްދަށް ފެން ސަޕްލައި ކުރުމަށް ދަތުރު ފަށާފައިވާކަމަށް ވަނީ ބުނެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ