އިންޑިއާއިން ސްރީ ލަންކާއަށް ޑޯނިއާ އެއާކްރާފްޓެއް ހަދިޔާކޮށްފިއެވެ.

މި އެއާކްރާފްޓަކީ 9 ޖެނުއަރީ 2018ގައި ދެ ގައުމުގެ ދެމެދު ބޭއްވި ސަލާމަތީ ކަންކަމާބެހޭ ބޮޑު ބައްދަލުވުމުގައި ލަންކާއިން އެދުނު އެއާކްރާފްޓެކެވެ.

އިންޑިއާއިން ހަދިޔާ ކުރި އެއާކްރާފްޓް ހަވާލުކުރުމަށް އިއްޔެ ލަންކާގެ މައި އެއާޕޯޓް ކަޓުނާޔަކާގެ އެއާފޯސް ބޭސްގައި ވަނީ ހާއްސަ ރަސްމިއްޔާތެެއް ބާއްވައިފައެވެ.

ލަންކާގައި މިހާރު ބޭނުންކުރަމުން އަންނަ ޑޯނިއާ އެއާކްރާފްޓްގެ ބަދަލުގައި އިންޑިއާއިން ދިން މި އެއާކްރާފްޓް ބޭނުން ކުރަން ނިންމާފައިވަނީ މެރިޓައިމް ސަވައިލަންސް އެއާކްރާފްޓެއްގެ ގޮތުގައެވެ.