ކޮންމެ ހަ މިނެޓަކުން ލަންޑަނުގައި މޯބައިލް ފޯނެއް ގެއްލޭކަމަށް އެ ގައުމުގެ ފުލުހުން ބުނެފިއެވެ.
ލަންޑަނުގެ ފުލުހުން ނެރެފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުން އެ ސިޓީގައި މިދިޔަ އަހަރު 90،864 ފޯނު ގެއްލިގެން ރިޕޯޓު ކޮށްފައިވެއެވެ.
ލަންޑަނުގައި މޯބައިލް ފޯން ގެއްލުމުގެ ހާދިސާތައް އިތުރުވުމާއެކު އެ ސިޓީގެ މޭޔަރު އަދި ކޮމިޝަނަރު ވަނީ ފޯނު އުފައްދާ ކުންފުނިތަކުން އެކަމަށް ހާއްސަ ސަމާލުކަމެއްދިނުމަށް ގޮވާލާފައެވެ.
ޔޫކޭގައި މޯބައިލް ނެޓްވޯކް ހިދުމަތްދޭ އެންމެ ބޮޑު ކުންފުނި ޔޫކޭ މޯބައިލް އިން ވަނީ އެޕަލް އާއި ސެމްސަންގް އަށްވެސް އެކަމުގައި އެދީތެރިކަމަށް އެދިފައެވެ.
ފުލުހުން ވަނީ މިދިޔަ އަހަރު ލަންޑަނުގައި ހިނގާފައިވާ ވައްކަމުގެ ހާދިސާތަކުގެ %38 މައްސަލަތަކަކީ މޯބައިލް ފޯނާއި ގުޅޭ ވައްކަމުގެ މައްސަލަތައް ކަމަށް ބުނެފައެވެ.
މޯބައިލް ފޯނު ވަގަށް ނެގުމުގައި އެންމެ ގިނައިން ހަރަކާތްތެރިވާކަމަށް ފުލުހުންނަށް ހޯދިފައިވަނީ 14 އަހަރާއި 20 އަހަރާއި ދެމެދުގެ ޒުވާނުން ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ