މުދާ އުފުލާ ދޯންޏެއްގައި މަސްކަތްކުރާ ޒުވާނަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ގެއްލިގެން ހޯދަމުންދަނީ ދ. މާއެނބޫދޫ / ރަތްފުސްގެ، އިބްރާހީމް ޝުޖާއު (36އ)، މިހާރު ދިރިއުޅޭ އެޑްރެސް (ނޫވިލާ / މ. މުލި) އެވެ.

ފުލުހުން މިއަދު ކުރި ޓުވީޓެއްގައި ބުނީ އިބްރާހީމް ޝުޖާއު ގެއްލިފައިވާ ކަމަށްބުނެ އޭނާގެ އާއިލާއިން މިދިޔަ އާދީއްތަ ދުވަހުގެ ރޭ 10:04 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

"އޭނާ އުޅެނީ މުދާ އުފުލާ ދޯންޏެއްގައި ކަމަށާއި އޭނާގެ ހަބަރެއް އެންމެފަހުން ވެފައިވަނީ ޖުލައި 14 ވަނަ ދުވަހުގެ 12:37 ހާއިރު ފޯނުން ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވޭ،" ފުލުހުން ބުންޏެވެ.

އިބްރާހީމް ޝުޖާއުގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ މ. މުލި ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9980067 އެ މައުލޫމާތެއް ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.