ޚަބަރު

"ގެޓް ޗާޖްޑް އެންޑް ވިން" ޕްރޮމޯޝަންގެ ފުރަތަމަ ބުރުގެ ނަސީބުވެރިން ހޮވައިފި، އަދިވެސް ފުރުސަތު އެބައޮތް

'ގެޓް ޗާޖްޑް އެންޑް ވިން' ޕްރޮމޯޝަންގެ ފުރަތަމަ ބުރުގެ ނަސީބުވެރިން ހޮވައިފިއެވެ.

އެ ޕްރޮމޯޝަންގެ ފުރަތަމަ ބުރުގެ ނަސީބުވެރިން ހޮވާފައިވަނީ މިމަހުގެ 23 ވަނަ ދުވަހު ލައިވްކޮށް ކުރިއަށްގެންދިޔަ ގުރުއަތަކުންނެވެ. އެތައް ހާސް ބެލުންތެރިންނެއް ލައިވްކޮށް ބެލި އެ ހިތްގައިމު ގުރުއަތު ނެގުމުގެ ހަރަކާތުގައި، ބެނެލީ މޯލްޑިވްސް އާއި ލޮޓަސް ބައިކް ޝޮޕްއާ ގުޅިގެން ޗާޖްޑް އިން ވަނީ ފުރަތަމަ ބުރުގެ ނަސީބުވެރިން އިއުލާންކޮށްފައެވެ.

ގުރުއަތު ނެގުމުގެ ފުރަތަމަ ހަރަކާތުގެ އެންމެ ހާއްސަ ކަމަކަށް ފެނިގެން ދިޔައީ، މުޅިން އާ ބެނެލީ 180އެސް މަރުކާގެ ސައިކަލެއް ހިމެނޭ ބޮޑު އިނާމު ލިބޭ ނަސީބުވެރި ފަރާތް އިއުލާނުކުރުމެވެ. ޗާޖްޑް، ބެނެލީ މޯލްޑިވްސް އަދި ލޮޓަސް ބައިކް ޝޮޕްގެ ހެޔޮއެދުންތަކާއެކު، މި ޒަމާނީ ސައިކަލު ލިބޭ ފަރާތަކަށް ހޮވުނީ މުހައްމަދު އާދަމެވެ.

ކޮކާ ކޯލާ ކުންފުނިން މިއަދު ބުނީ އިތުރު ދެ ނަސީބުވެރިއަކަށް ޗާޖްޑް ބްރޭންޑްގެ ހެލްމެޓް ލިބި، ރައްކާތެރިކަމުގެ އިހުސާސް ކުރެވުމުގެ ފުރުސަތު ލިއްބައިދޭނެ ކަމަށާއި ހަމަ އެއާއެކު، އިތުރު ތިން ނަސީބުވެރި ފަރާތަކަށް ޗާޖްޑް ކޭސް ހަދިޔާކޮށް، އެމީހުންނަށް ހިތްވަރު ދީ، ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން ހިފަން ތައްޔާރަށް ތިބުމުގެ ބައިވެރިއަކަށް ޗާޖްޑް ވެގެންދިޔަ ކަމަށެވެ.

"މިދިޔަ މަހުގެ 23 ވަނަ ދުވަހު، އެކި ގޮތްގޮތުން ފާހަގަކޮށްލެވޭ ތަރިން ބައިވެރިވި ލޯންޗު ހަރަކާތަކާއެކު ފެށި 'ގެޓް ޗާޖްޑް އެންޑް ވިން' ޕްރޮމޯޝަން މިހާރު ބާރަށް ކުރިއަށްދާ އިރު، ނަސީބު ވަޒަންކޮށްލަން މިއަށްވުރެ ރަނގަޅު ވަގުތެއް ނާދެއެވެ. ބެނެލީ ސައިކަލާއި ހެލްމެޓާއި ޗާޖްޑް ކޭސްތައް ފަދަ ހިތްގައިމު އިނާމުތައް ލިބުމުގެ އުފާވެރިކަން އިހުސާސްކޮށްލުމުގެ ފުރުސަތު އަދިވެސް އެބައޮތެވެ. އޮގަސްޓް 5 އަދި 19 އަދި ސެޕްޓެމްބަރު 2 އަދި 16 ގައި އިތުރު ގުރުތައް ލާން ނިންމާފައިވާ އިރު، ނަސީބުވެރިއަކަށް ވުމުގެ ފުރުސަތު އަދިވެސް މިއޮތީ ހުޅުވިފައެވެ..،" އެ ކުންފުނިން ބުންޏެވެ.

ބެނެލީ ސައިކަލާއި އަދިވެސް އިތުރު އިނާމުތައް ލިބޭ ނަސީބުވެރިން އިއުލާނުކުރާނީ ކޮންމެ ދެ ހަފުތާއަކު، އޮގަސްޓް 5 އަދި 19ގައި އަދި ސެޕްޓެމްބަރު 2 އަދި 16ގައި، މިއިން ކޮންމެ ރެއެއްގެ 9:30 ގައި ޓީވީއެމް އިންނެވެ. ޗާޖްޑް ދަޅެއް ގަންނަ އިރު، ކަހާލެވޭ ކާޑުކޮޅަކަށް އެދުމުން ލިބޭ އެ ކާޑުކޮޅު ކަހާލުމުން ފެންނަ ފޮރުވިފައިވާ ކޯޑް އެސްއެމްއެސް މެދުވެރިކޮށް 2626އަށް ފޮނުވުމުން 'ގެޓް ާޖްޑް އެންޑް ވިން' ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ. އެ ޕްރޮމޯޝަންގެ ދަށުން، ބެނެލީ ސައިކަލުގެ އިތުރުން، ޗާޖްޑް ބްރޭންޑެޑް ހެލްމެޓާއި ޗާޖްޑް ދަޅު ކޭސް ފަދަ އިތުރު އިނާމުތައް ވެސް ކަސްޓަމަރުންނަށް ހޯދޭނެއެވެ.

ޗާޖްޑް އަދި މި ބްރޭންޑުގެ ޕްރޮމޯޝަންގެ އިތުރު މައުލޫމާތާއި އެންމެ ފަހުގެ ކަންކަން ހޯދުމަށް ފޭސްބުކް، އިންސްޓަގްރާމް އަދި ޔޫޓިއުބްގައި @ChargedMaldives ފޮލޯކުރުމަށް ކޮކާ ކޯލާ އިން އެދެއެވެ.

ކޮކާ ކޯލާ އިން ބުނެފައިވާ ގޮތުގައި އެ ކުންފުނިން ރާއްޖޭގައި ވިއްކާ ބުއިންތަކުގެ ލިސްޓަށް އިތުރު ކުރިއެރުމެއް ގެނެސްދޭ، ކެފެއިން އެކުލެވިގެންވާ ބުއިމެއް ކަމަށްވާ ޗާޖްޑް ކާމިޔާބުކަމާއެކު ރާއްޖޭގެ ބާޒާރަށް ތައާރަފުކޮށްފައިވާ އިރު، 100 އިންސައްތަ ރީސައިކަލް ކުރެވޭ ޕެކޭޖިން ބޭނުންކުރުމަށް އެ ކުންފުނިން ގެންގުޅޭ ސިޔާސަތާ އެއްގޮތްވާ ގޮތުގެ މަތިން، ޗާޖްޑް ލިބެން ހުންނާނީ 100 އިންސައްތަ ރިސައިކަލް ކުރެވޭ، 250 އެމްއެލްގެ އެލުމިނިއަމް ދަޅުގައެވެ. އެ ބުއިން މިހާރު ރާއްޖޭގެ ބޮޑެތި ސުޕަމާޓުތަކުންނާއި އާންމު ފިހާރަތަކުންނާއި ހޮޓާ ރެސްޓޯރެންޓްތަކާއި ކެފޭތަކުން ވަރަށް ފުޅާ ދާއިރާއެއްގައި ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.