މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް) ގެ ފަރާތުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރާނެ ކެނޑިޑޭޓެއް ކަނޑައެޅުމަށް ބާއަވާ ޕްރައިމަރީގައި ވާދަކުރެއްވުމަށް، އެ ޕާޓީގެ ރައީސް ފާރިސް މައުމޫނު ފޯމު ހުށަހަޅުއްވައިފިއެވެ.
ފާރިޝް ހުށަހެޅުއްވި ފޯމާ، ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އާލިމް ހަވާލުވެވަޑައިގަންނަވަނިކޮށް ނަގާފައިވާ ފޮޓޯއަކާއެކު އެމްއާރުއެމް އިން މީގެ އިރުކޮޅެއް ކުރި ކުރި ޓުވީޓެއްގައި ވަނީ ފާރިޝް ފޯމު ހުށަހަޅުއްވައިފި ކަމަށް ބުނެފައެވެ.
އެމްއާރުއެމް ގެ ރިޔާސީ ޕްރައިމަރީއަށް ހުޅުވާލާފައިވަނީ މިއަދު ހަވީރު 4:00 ގެ ނިޔަލަށެވެ.
އެމްއާރުއެމުން ބުނެފައިވަނީ، ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ހުށަހަޅާ ފަރާތަކީ ރިޔާސީ އިންތިހާބު 2023 ގައި ވާދަކުރުމަށް އެދި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކޮށްފައިވާ އިއުލާނުގައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތަކަށް ވާން ޖެހޭނެ ކަމަށާއި އެ މީހަކީ އެމްއާރުއެމްގެ މެންބަރެއްގެ ގޮތުގައި މަދުވެގެން އެއް އަހަރު ވެފައިވާ މީހަކަށް ވާން ޖެހޭނެ ކަމަށެވެ. އަދި އެ ފަރާތުން ޕާޓީގެ އިގުރާރުގައި ސޮއިކުރަންވާނެ ކަމަށް ވެސް ބުނެފައިވެއެވެ.
އެމްއާރުއެމުން ބުނީ ޕްރައިމަރީގެ ވޯޓު ނެގުން އޮންނާނީ އަންނަ އޯގަސްޓް މަހުގެ އެއްވަނަ ދުވަހު ކަމަށާއި ވޯޓުލުން ކުރިއަށްގެންދާނީ އޮންލައިންކޮށް ކަމަށްވެސް އެ ޕާޓީން ވަނީ ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު