ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ވަޑައިގަތުމަށް ދީފައިވާ ހުއްދައިގެ މުއްދަތު އިތުރުކުރުމާ މެދު އަދި ގޮތެއް ނުނިންމާ ކަމަށް ކަރެކްޝަނަލް ސާވިސްއިން މިއަދު ބުނެފިއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ އަދީބު ގޭ ބަންދުގައި ހުންނަވަނިކޮށް ސިއްހީ ހާލުކޮޅު ދެރަވެގެން، އައިޖީއެމްއެޗުގައި ފަރުވާ ހޯއްދެއްވުމަށްފަހު ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގަންނަވަން 10 ދުވަހުގެ ހުއްދައެއް ދިނީ މި މަހުގެ 11 ވަނަ ދުވަހުއެވެ.
އަދީބު ސިންގަޕޫރަށް ފުރާވަޑައިގަތީ 11 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައެވެ. އަދީބަށް ބޭސް ފަރުވާއަށް ދިން މުއްދަތު މިހާރު ހަމަވެފައިވާއިރު، އެ މުއްދަތު އިތުރުކޮށްދިނުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.
އަދީބުގެ އެ ހުށަހެޅުމާ ގުޅޭ ގޮތުން ސުވާލުކުރުމުން ކަރެކްޝަންސްގެ މީޑިއާ އޮފިޝަލު އައިމިނަތު ޔުސްރީން އަހުމަދު "ވަން" އަށް މިއަދު ވިދާޅުވީ، ރިވިއުކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށާއި އަދި ވަކި ގޮތެއް ނިންމާފައިނުވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު