ވ. ރަކީދޫއިން ޢަލީ ޔާމީން ( ވަން އޮންލައިން )
މިރަށު ބަނދަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުޅުއްވައިދެއްވައިފިއެވެ.
މިރަށު ބަނދަރު ރައީސް ހުޅުވައިދެއްވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މި އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުން މިއަދު ހެނދުނު މި ރަށަށް ވަޑައިގެން އެކަމަށް ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި ރަށު ބަނދަރު މަޝްރޫއުގެ ދަށުން 5،654 އަކަ މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކޮށް، 164 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލައި، 156 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލާފައިވެ އެވެ. އަދި 74 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖަހައި، 429 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓު ހަދައި، ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކޮށްފައިވެއެވެ.
އެމްޓީސީސީއާ މި ޕްރޮޖެކްޓު ހަވާލުކޮށްފައި ވަނީ އޮކްޓޯބަރު 2019 ގައެވެ. އަދި ބަނދަރުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2020 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލު ކޮށްފައިވަނީ ޖުމްލަ 18.5 މިލިއަން ރުފިޔާ އަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު