ޓުވިޓާގައި އިޝްތިހާރުކޮށްގެން ލިބޭ އާމްދަނީ ދަށްވާން ފަށައިފިއެވެ.
ޓުވިޓާގެ ވެރިޔާ އެލަން މަސްކު ފާހަގަކުރައްވާފައިވާ ގޮތުގައި، ދަށްވެފައިވާ އިންސަންތަ ވަނީ 50 ޕަސެންޓަށް އަރައިފައެވެ.
މަސްކު ވިދާޅުވީ މި ކަމުގެ ސަބަބުން ޓުވިޓާގެ ކޭޝް ފްލޯއަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށާއި މައްސަލަ ހައްލު ކުރަން ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާ ކަމަށެވެ.
ދިރާސާ ކުރާ ފަރާތްތަކުން ވަނީ މިއަހަރު ޓުވިޓާއަށް އާމްދަނީގެ ގޮތުގައި ޖުމުލަ ލިބޭވަރު 3 ބިލިއަން ޑޮލަރަށްވުރެ ދަށްވާނެ ކަމަށް ބެލެވޭކަމަށް ބުނެފައެވެ.
މިމަހު ކުރީކޮޅު މަސްކު ވަނީ ޓުވިޓާ ބޭނުންކުރާ ފަރާތްތަކަށް ފެންނާނެ ޓުވީޓްގެ އަދަދު ލިމިޓްވެސް ކުރައްވައިފައެވެ. އެ ބަދަލުގެ ސަބަބުން ޓުވިޓާ އެކައުންޓް ވެރިފައި ކުރުމަށް ގިނަބަޔަކަށް ވަަނީ މަޖުބޫރުވެފައެވެ.
ދާދިފަހުން މެޓާއިން ތައާރަފުކުރި އެޕް ތުރެޑްސްގެ ސަބަބުން ޓުވިޓާއަށް ވަނީ އެނގުން ވެފައެވެ. ތުރެޑްސް އަށް ފުރަތަމަ ފަސްދުވަހުގެ ތެރޭގައިވެސް 100 މިލިއަން މީހުން ވަނީ ވަދެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ