މ. މުލިން އަލީ ޔާމީން (ވަން އޮންލައިން)
އަންނަ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި މ. އަތޮޅުން އެ މަނިކުފާނަށް ބޮޑު އަގުލަބިއްޔަތެއް ލިބޭނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މި ރަށަށް މިއަދު ހަވީރު ވަޑައިގެން ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، މީގެ ކުރިން މި އަތޮޅަކީ އެމްޑީޕީއާ އެހާ ގާތް އަތޮޅެއް ނޫން ކަމަށާއި ނަމަވެސް އެ މަންޒަރު މިހާރު ބަދަލުވެފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތީ ރައްޔިތުން ގޮތް ނިންމަންޖެހޭ ވަގުތު ކަމަށާއި މި އަތޮޅުން އެ މަނިކުފާނަށް ބޮޑު އަގުލަބިއްޔަތެއް ލިބޭނެ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑަށް ހަމަ ޔަގީން މުލި ހިމެނޭ ގޮތަށް މި އަތޮޅުގެ ބޮޑު އަގުލަބިއްޔަތު އެމްޑީޕީއާ ގުޅިފައި އޮތް ކޯލިޝަނަށް ލިބިގެންދާނެ،" ރައީސް ވިދާޅުވިއެވެ.
އެންމެ ފަހުން 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި މ. އަތޮޅުން ކުރި ހޯއްދެވީ އެ އަތޮޅުގެ މަޖިލިސް މެމްބަރުކަންވެސް ކުރެއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށެވެ. އެގޮތުން އެ އިންތިހާބުގައި ޔާމީނަށް 52.8 ޕަސެންޓް ހޯއްދެވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު