މ. މުލިން އަލީ ޔާމީން (ވަން އޮންލައިން)

މި ރަށުގައި ގާއިމުކޮށްފައިވާ ފެނުގެ ނިޒާމު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ފައްޓަވައި ދެއްވައިފިއެވެ.

ފެނުގެ ނިޒާމު ރައީސް ފައްޓަވައިދެއްވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މ. އަތޮޅުގެ ބައެއް ރަށްރަށަށް އެ މަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހަވީރު މި ރަަށަށް ވަޑައިގެން އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މި ރަށުގެ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއަކީ އިންޑިއާ އެގްޒިމް ބޭންކުން ދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ. 20 މިލިއަން ރުފިޔާގެ އެ މަޝްރޫއު ހަވާލުކުރީ އިންޑިއާގެ އެސްއެމްސީ އިންފްރާސްޓްރަކްޗާ ޕްރައިވެޓް ލިމިޓެޑާއެވެ.