އިންޑިއާއަށް ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވެ 29 މީހުން މަރުވެއްޖެއެވެ.
އިންޑިއާގެ އުތުރު ސަރަހައްދުތަކަށް ކުރަމުންދާ ވިއްސާރައިގައި ކޯރުތައް ފުރެން ފަށާފައިވާއިރު ބައެއް ސަރަހައްދުތަކުން ވަނީ ބިންގަނޑު ކަނޑައިގެން ގޮސް ގިނަ ހާދިސާތަކެއް ހިނގާފައެވެ.
މަރުވި 29 މީހުންގެ ތެރެއިން 20 މީހުންނަކީ ހިމާޝަލް ޕްރޮވިންސުން މަރުވި މީހުންނެވެ. އަދި ނުވަ މީހުން މަރުވެފައިވަނީ ރާޖަސްތާނުގެ އިތުރުން އުއްތަރަ ޕްރަދޭޝްގެ އިތުރުން ހިމާލިޔާ ސަރަހައްދުން ކަމަށް އޮފިޝަލުން ބުނެއެވެ.
ކަމާބެހޭ ފަރާތްތަކާ ގުޅިގެން އިންޑިއާގެ ރެސްކިއު ޓީމުތަކުން އަންނަނީ ވިއްސާރައިގައި އެންމެ ބޮޑަށް ގެއްލުން ވަމުންދާ ސަރަހައްދުތަކުގައި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
އިންޑިއާގެ ހިމާޝަލް ޕްރަދޭޝް އިން ވަނީ ހެލިކޮޕްޓަރު ބޭނުންކޮށްގެން 300 މީހުން ސަލާމަތް ކޮށްފައިކަމަށް އެޕްރޮވިންސުގެ އޮފިޝަލުން ބުނެއެވެ. އެ ގައުމުގެ މީޓިރިއޮލޮޖިކަލް ޑިޕާޓްމަންޓުން ވަނީ ކުރިޔަށް އޮތް ދުވަސްތަކުގައިވެސް އުތުރުގެ ސަރަހައްދުތަކަށް ވިއްސާރަވެ ބޯކޮށް ވާރޭވެހުމުގެ އިތުރުން ފެންބޮޑުވާނެ ކަމަށް ލަފާކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ