ފުވައްމުލައް ސިޓީގެ ފަރަށް ބާޖެއް އުރިއްޖެއެވެ.

ފުވައްމުލައް ސިޓީގެ މެދު އިތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ފިކުރީ "ވަން" އަށް މިރޭ ވިދާޅުވީ، މިއަދު މެންދުރުފަހު 2:30 ހާއިރު ފަރަށް އަރާފައި ވަނީ، އެ ސިޓީގެ ގިރަމުންދާ ސަރަހައްދުގައި ތޮށިލުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ނެދަލެންޑްސްގެ ހޯގާޑް ކުންފުނީގެ ބާޖެއް ކަމަށާއި ބާޖުން ގެނެސްފައިވާ ހިލަތަކަކީ ތޮށިލުމަށް ގެނައި ހިލަތަކެއް ކަމަށެވެ.

"ބޮޑަށް ބެލެވެނީ ރާޅު ބާންޏެއްގައި އަރިއަޅާލީ ކަމަށް. ހޯގާޑުން ދަނީ ބާޖު ފުންކުރުމަށް މަސައްކަތް ކުރަމުން،" ފިކުރީ ވިދާޅުވިއެވެ.

ދައުރުވަމުން އަންނަ ވީޑިއޯއަކުން ފެންނަ ގޮތުގައި އެ ބާޖުގައި ގިނަ އަދަދެއްގެ ހިލަ ހުއްޓެވެ. އަދި ބާޖު އޮތީ ވަރަށް ބޮޑަށް އަރި އަޅާލައިފައެވެ.