ޓްވިޓާއިން ތްރެޑްސް އަށް އިންޒާރުގެ ސިޓީއެއް ފޮނުވައިފިއެވެ.

މާކް ޒަކަބާގުގެ މެޓައިން އިއްޔެ ތާރަފުކުރި އާ އެޕް ތްރެޑްސް ތާރަފުކުރުމާ އެކު އެ އެޕާ އެއް ގޮތް ޓްވިޓާ އިން ވަނީ ގާނޫނީ މައްސަލައެއް ފެންމަތިކޮށް ތްރެޑްސްއަށް އިންޒާރުދީ ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީ ފޮނުވީ ޓްވިޓާގެ ގާނޫނީ ވަކީލެކެވެ.

މާކް ޒަކަބާގަށް ފޮނުވި އިންޒާރުގެ ސިޓީގައި ވަނީ އެ ކުންފުނީގެ ސިއްރުތައް ވަގަށް ނަގާފައިވާ ކަމަށް ތުހުމަތުކޮށްފައެވެ. އެކަން ކޮށްފައިވަނީ ޓްވިޓާގެ ކުރީގެ މުވައްޒަފުން ބޭނުންކޮށްގެން ކަމަށްވެސް ތުހުމަތުކޮށްފައިވެއެވެ.

ނަމަވެސް އެ ސިޓީއަށް ރައްދުދެމުން މެޓަގެ ތަރުޖަމާނު ވަނީ ތްރެޑްސް އުފެއްދުމުގެ އެއްވެސް ހަރުފަތެއްގައި ޓްވިޓާގެ ކުރީގެ މުވައްޒަފުން ބޭނުންކޮށްފައި ނުވާނެ ކަމަށް ބުނެފައެވެ.

ޓުވިޓާއިން ތްރެޑްސްއަށް އިންޒާރުގެ ސިޓީއެއް ފޮނުވި އިރު، ޓްވިޓާގެ ވެރިޔާ އަދި މަހުޖަނު އެލަން މަސްކު ވަނީ ވާދަވެރިވުން އެއީ މައްސަލައެއް ނޫން ކަމަށާއި ނަމަވެސް މަކަރު ހެދުމަކީ މައްސަލައެއް ކަމަށް ބުނެ ޓުވީޓެއް ކޮށްފައެވެ.