ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)ގައި ކީމޯތެރަޕީގެ ހިދުމަތް ފަށައިފިއެވެ.
އެ ހޮސްޕިޓަލުގައި ކީމޯތެރަޕީގެ ހިދުމަތް ރަސްމީކޮށް ފަށާފައިވަނީ އިއްޔެއެވެ. އެގޮތުން އިއްޔެ ކޭއާރުއެޗް އިން ވަނީ އުތުރުގެ ރަށަކަށް ނިސްބަތްވާ ކެންސަރު ބަލީގެ މީހަކަށް ކީމޯތެރެޕީގެ ހިދުމަތް ދީފައެވެ.
ކޭއާރުއެޗް އިން ބުނީ ކީމޯތެރަޕީގެ ހިދުމަތް ދީފައިވަނީ ހުޅުމާލެ ހޮސްޕިޓަލުގައި މަސައްކަތްކުރާ ތަޖުރިބާކާރުންގެ ލަފަޔާ އެއްގޮތަށް ކަމަށާއި ކީމޯތެރަޕީގެ ހިދުމަތަށް ހާއްސަކޮށްގެން ނަރުހުން ތަމްރީނު ކޮށްފައިވާ ކަމަށެވެ. އަދި ކީމޯތެރަޕީގެ ހިދުމަތްދިނުމަށް ބަޔާ ސޭފްޓީ ކެބިނެޓް އިންސްޓޯލްކޮށްފައިވާ ކަމަށްވެސް ބުންޏެވެ.
ކީމޯތެރަޕީއަށް ބޭނުންކުރާ ބޭސްތަކުގެ ތެރޭގައި ސައިޓޯޓޮކްސިސް ބޭސްތައް ހިމެނޭތީ، ފަރުވާއަށް ފަހު އެފަދަ ބޭސްތައް ނައްތާލުމަށް ހުޅުމާލެ ހޮސްޕިޓަލުގެ ލަފާ ހޯދާ ކަމަށާއި އެފަދަ ބޭސްތައް ނައްތާލުމަށް ފޮނުވަނީ ތިލަފުއްޓަށް ކަމަށް ކޭއާރުއެޗް އިން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު