ދުވާލަކު ބެލޭނެ ޓުވީޓްގެ މިންވަރު ލިމިޓު ކޮށްފިއެވެ.

ޓުވިޓާގެ ވެރިޔާ އެލަން މަސްކު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޓުވިޓާގައި ވެރިފައި ނުކުރާ އެކައުންޓް ތަކަށް ދެން މީގެ ފަހުން ބެލޭނީ ދުވާލަކު 1000 ޓުވީޓް ކަމަށެވެ.

އެލަން މަސްކު ވަނީ ވެރިފައި ކޮށްފައި ހުންނަ އެކައުންޓުތަކަށް 10،000 ޓުވީޓ ދުވާލަކު ބެލޭނެ ކަމަށް ވެސް ވިދާޅުވެފައެވެ. އާ އެކައުންޓް ތަކަށް ދުވާލަކު ބެލޭނީ 500 ޓުވީޓް ކަމަށްވެސް ވިދާޅުވެފައިވެއެވެ.

އެލަން މަސްކު މި ޓުވީޓް ކުރެއްވިތާ ގަޑިއެއްހާއިރު ތެރޭ އެ ގަވައިދަށް އަމަލުކުރަން ވަނީ ފަށައިފައެވެ.

ޓުވިޓާއަށް މި ގެނައި ބަދަލަކީ ވަގުތީ ބަދަލެއް ކަމަށް އެލަން މަސްކު ވިދާޅުވެފައިވެއެވެ. އޭނާ ވިދާޅުވީ މިއީ ޓުވިޓާގައި ހުންނަ މައުލޫމާތު ބޭނުންކޮށްގެން އޭގެން ނާޖާއިޒު ފައިދާ ނަގާތީ ގެންނެވި ބަދަލެއް ކަމަށެވެ.