Close Election
Close
ދުނިޔެ

ހަނޑޫ ފުކަކަށްވުރެ ކުޑަ އަތް ދަބަހެއް ނުވަލައްކަ ރުފިޔާއަށް ވިކިއްޖެ

މުހައްމަދު އައުޒަމް

ހަނޑޫ ފުކަކަށްވުރެ ކުޑަ އަތް ދަބަހެއް ނުވަ ލައްކަ ރުފިޔާއަށް ވިކިއްޖެއެވެ.

މައިކްރޮސްކޯޕިކް ދަބަސް ވިއްކުމަށް ބޭއްވި ނީލަމުގައި އެ ދަބަސް ވިކިފައިވަނީ 63،750 އެމެރިކާ ޑޮލަރަށެވެ. އެއީ ދިވެހި ރުފިޔާއިން ނަމަ، 983،025 ރުފިޔާއެވެ.

ދަބަސް އުފެއްދި މީހުން ވަނީ އެދަބަސް ތިނޯހުގެ ލޫވަޅަކުންވެސް ވައްދާލެވޭހާ ކުޑަވާނެ ކަމަށް ބުނެފައެވެ.

އާދަޔާ ހިލާފު އުފެއްދުންތައް އުފެއްދުމުގައި މަޝްހޫރު އާޓިސްޓުން ހިމެނޭ ގްރޫޕަކުން އުފެއްދި އެ ދަބަހުގެ އިތުރުން އެހެނިހެން ތަފާތު އެއްޗެހިވެސް އުފައްދާފައިވެއެވެ.

ކުޑަ ދަބަހާ ގުޅޭގޮތުން އެކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ އެދަބަސް އުފައްދަން ހިޔާލަށް އައިސްފައިވަނީ ދުނިޔޭގައި އެކި ސައިޒުތަކުގެ ދަބަސް އުފައްދައި ބާޒާރަށް ނެރެ ވިއްކަމުންދާ އިރު، އެހާ ކުޑަ ދަބަހެއް އެއްވެސް ބަޔަކު އުފައްދާފައި ނުވުމުގެ ސަބަބުން ކަމަށެވެ.

15،000 އެމެރިކާ ޑޮލަރުން ފެށި އެ ބިޑު އެންމެ ފަހުން 63،000 އަށް އަރައި ވިކިފައިވާ އިރު، އެ ގްރޫޕުން ވަނީ އޭގެ އިތުރު ދަބަސްތަކެއް ހެދުމަށް ވިސްނަމުންދާ ކަމަށް ބުނެފައެވެ.