ޚަބަރު

ޗާޖުކޮށްލައިގެން ނަސީބުވެރިއަކަށް: އަގުހުރި އިނާމުތަކަކާއެކު ޗާޖްޑް ރާއްޖެއަށް ތައާރަފުކުރަން ޕްރޮމޯޝަނެއް

މުހައްމަދު ޖަމްޝަތް ވަހީދު

ކޮކާ-ކޯލާ ކުންފުނިން ރާއްޖޭގައި ވިއްކާ ބުއިންތަކުގެ ލިސްޓަށް އިތުރު ކުރި ކެފެއިން އެކުލެވިގެންވާ ބުއިމެއް ކަމަށްވާ ޗާޖްޑް ކާމިޔާބުކަމާ އެކު ރާއްޖޭގެ ބާޒާރަށް ތައާރަފުކުރުން ފާހަގަކުރުމުގެ ގޮތުން އަގުހުރި އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަން ފެށީ ޗާޖްޑް ބުއިން ރާއްޖޭގެ ބާރަށް ތައާރަފުކުރުން ފާހަގަކުރުމަށް މީރުމާ އިވެންޓް ހޯލުގައި އިއްޔެ ބޭއްވި ހާއްސަ ހަފްލާގެ ތެރެއިންނެވެ. އެ ހަފްލާގައި ޗާޖްޑްގެ އާދަޔާ ހިލާފު ރަހަ ބައިވެރިންނަށް ތައާރަފްކޮށްފައިވާ އިރު، ހަފްލާގެ ބައިވެރިންނަށް ޗާޖްޑްގެ ބެރީ ރަހަ ތަޖުރިބާކޮށްލައި މި ބްރޭންޑުން ހަރަކާތްތެރި ދިރިއުޅުމަކަށް ބާރުއަޅާ ގޮތް ދެނެގަތުމުގެ ފުރުސަތު ވެސް ލިބިގެން ދިޔަ ކަމަށް ކޮކާކޯލާއިން ބުންޏެވެ.

އިއްޔެ ފެށި މި ޕްރޮމޯޝަން ކުރިއަށްދާނީ 16 ސެޕްޓެމްބަރު ގެ ނިޔަލަށެވެ. ބެނެލީ މޯލްޑިވްސް އާއި ލޮޓަސް ބައިކް ޝޮޕްއާ ގުޅިގެން ޗާޖްޑް އިން ފަށާފައިވާ މި ހާއްސަ ޕްރޮމޯޝަނުގައި ބެނެލީ 180 އެސް އަދި ބެނެލީ ލިއޮންސިނޯ 250 މަރުކާގެ ޒަމާނީ ހަ ސައިކަލެއް ކާމިޔާބު ކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ވަނީ ހުޅުވާލައިފައެވެ.

ޕްރޮމޯޝަނުގެ ދަށުން ކަސްޓަމަރުން ގަންނަ ކޮންމެ ޗާޖްޑް ދަޅަކާއެކު ފޮރުވިފައިވާ ކޯޑެއް އެކުލެވޭ ކާޑެއް ލިބޭނެއެވެ. އެ ކާޑުކޮޅު ކަހާލުމުން ފެންނަ ކޯޑް 2626 އަށް އެސްއެމްއެސް ކޮށްލުމުން "ގެޓް ޗާޖް އެންޑް ވިން" ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ.

މި ޕްރޮމޯޝަނުގެ ދަށުން ބެނެލީ ސައިކަލު ލިބޭ ނަސީބުވެރިން އިއުލާނުކުރާނީ ކޮންމެ ދެ ހަފުތާއަކުންނެވެ. އެއީ ޖުލައި 2 އަދި 22؛ އޮގަސްޓް 5 އަދި 19 ގެ އިތުރުން ސެޕްޓެމްބަރު 2 އަދި 16ގައެވެ. ނަސީބުވެރިންގެ ނަންތައް އިއުލާނުކުރާނީ މިއިން ކޮންމެ ރެއެއްގެ 9:30ގައި ޓީވީއެމް އިންނެވެ.

މި ޕްރޮމޯޝަންގެ ދަށުން ބެނެލީ ސައިކަލުގެ އިތުރުން ޗާޖްޑް ބްރޭންޑެޑް ހެލްމެޓާއި ޗާޖްޑް ދަޅު ކޭސް ފަދަ އިތުރު އިނާމުތައް ވެސް ކަސްޓަމަރުންނަށް ހޯދޭނެއެވެ.

ކޮކާކޯލާއިން މައުލޫމާތު ދޭ ގޮތުގައި ޗާޖްގެ ދިވެހި ކަސްޓަމަރުންނަށް އަމާޒުކޮށްގެން ހާއްސަ ޕްރޮމޯޝަންތަކާއި މުބާރާތްތަކާއި ގިވްއަވޭތައް ހިމެނޭ ގޮތަށް މާކެޓިން ކެމްޕެއިންތައް ކުރިއަށް އޮތް ތަނުގައި ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

"ގެޓް ޗާޖްޑް އެންޑް ރީޗާޖްޑް" ޝިއާރުގެ ދަށުން ކުރިއަށް ގެންދާ މި ހަރަކާތްތާއި ޗާޖްޑް ބުއިމާ އެކު، ކަސްޓަމަރުންގެ ހިތް ދަމައިގަނެ، ރާއްޖޭގެ މާކެޓަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އެކުންފުނިން ބުންޏެވެ.

އޭގެ އިތުރުން 100 އިންސައްތަ ރީސައިކަލް ކުރެވޭ ޕެކޭޖިން ބޭނުންކުރުމަށް ކޮކާކޯލާއިން ގެންގުޅޭ ސިޔާސަތާ އެއްގޮތްވާ ގޮތުގެ މަތިން، ޗާޖްޑް ލިބެން ހުންނާނީ 100 އިންސައްތަ ރިސައިކަލް ކުރެވޭ، 250 އެމްއެލްގެ އެލުމިނިއަމް ދަޅުގައި ކަމަށާއި މި ބުއިން މިހާރު ރާއްޖޭގެ ބޮޑެތި ސުޕަމާޓުތަކުންނާއި އާންމު ފިހާރަތަކުންނާއި ހޮޓާ ރެސްޓޯރެންޓްތަކާއި ކެފޭތަކުން ވަރަށް ފުޅާ ދާއިރާއެއްގައި ލިބެން ހުންނާނެ ކަމަށްވެސް އެކުންފުނިން ބުންޏެވެ.