މާލޭ އަތޮޅުގެ ރިސޯޓުގެ ޕޫލެއްގައި އަށް އަހަރުގެ ކުޑަކުއްޖަކު މަރުވެފައި އޮއްވައި ފެނިއްޖެއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައިވާ އެ ކުއްޖާ މަރުވެފައި އޮއްވައި ފެނުނީ މާލެ އަތޮޅުގައި ހިންގާ ކޮކޯ ބޮޑުހިތި ރިސޯޓުގެ މޫދު ކޮޓަރި ޕޫލެއްގައެވެ.
ފުލުހުން މިއަދު ބުނީ، އެ ރިސޯޓުގެ ޕޫލަކަށް އެރި އުޅުނު ކުއްޖަކު ގެނބިގެން އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ ރިޕޯޓު އިއްޔެގެ ވަގުތެއްގައި ލިބިފައިވާ ކަމަށެވެ.
ފުލުހުން ބުނީ، އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.
ފުލުހުން އިތުރަށް ބުނީ، ގެނބިގެން މަރުވެފައިވަނީ އިންޑިއާގެ އަށް އަހަރުގެ އަންހެން ކުއްޖެއް ކަމަށެވެ. އަދި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް ބުންޏެވެ.
ޚަބަރު
ޚަބަރު